ޑަބަލް އެކްސްއެލްގެ ޓްރެއިލާ މިއޮތީ!

ޑަބަލް އެކްސްއެލްގެ ޓްރެއިލާ މިއޮތީ!

Author
ފާތިމަތު ނާވީ
15 އޮކްޓޯބަރ 2022 02:46
0

ސޮނާކްޝީ ސިންހާ އާއި ހުމާ ޤުރައިޝީ އެކުގައި ފެނިގެން ދާ ފިލްމު "ޑަބަލް އެކްސްއެލް" ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ.

ސޮނާކްޝީ އާއި ހުމާ އަކީ ފިލްމު ކުޅެން ފެށިތާ ކައިރީގައި ހަށިގަނޑު ފަލަވުމުގެ ސަބަބުން ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވީ ދެ ތަރިންނެވެ.

މި ފިލްމަކީ މިފަދަ ފުރައްސާރަތަކާ ދެކޮޅަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމަކީ ފަލަ މީހުންނަށް ކުރާ ފުރައްސާރައިގެ ވާހަކައާއި އެމީހުންނަކީ ފޮނި ހުވަފެން ދެކުމުން މަހުރޫމުވާން ޖެހޭ ބައެއް ނޫންކަމުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.

މި ކޮމެޑީ އަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމޭކް 2019 ގައި ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ހުމާ އާއި ސޮނާކްޝީގެ އިތުރުން މި ފިލްމްގެ މުހިންމު ރޯލުތަކުން ސޮނާކްޝީގެ ލޯބިވެރިޔާ ޒަހީރް އިޤްބާލާއި ބޮލީވުޑަށް އަލަށް ތަޢާރަފްވާ މަހަތު ރާގަވެންދަރް ފެނިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.