ބަނގުރާ ކައްކަނިކޮށް ހައްޔަރުކުރީ ބިދޭސީއެއް

ބަނގުރާ ކައްކަނިކޮށް ހައްޔަރުކުރީ ބިދޭސީއެއް

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2022 11:34
0

ބަނގުރާ ކައްކާ މައްސަލާގައި 34 އަހަރުގެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ރޯޝަނީ މަގަގުގައި ހުރި ގެއަކުން ދުން އަރާކަމަށް މިއަދު ހެނދުނު 06:12 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލާގައި 34 އަހަރުގެ ބިދޭސީ ފިރިހެނަކު އެގޭތެރެއިން ހައްޔަރުކޮށްފައިވާކަމށެވެ.

އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެގޭތެރެއިން ފެނިފައިވާކަމަށާއި، ފުލުހުން އެ ސަރަހައްދުގައި  ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.