ބޭންކު އޮފް މޯލްޑިވްސްއަށް އާ ސީއީއޯއަކު އައްޔަން ކޮށްފި

ބޭންކު އޮފް މޯލްޑިވްސްއަށް އާ ސީއީއޯއަކު އައްޔަން ކޮށްފި

Author
ހުސެއިން
11 އޮކްޓޯބަރ 2022 06:05
0

ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވައިފިއެވެ. މި މަގާމަށް ހަމަޖައްސަވާފައިވަނީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމުގައިވާ ކާރލް ސްޓުމްކައެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ހާމަ ކޮށްފައިވާ ގޮތުގައި، ކާރލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ އިތުރުން ރީޓެއިލް އަދި ކޯރޕަރޭޓް ބޭންކުތަކުގައި އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައެވެ.

އޭނާ ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުއެވެ. އަލް އަހްލީ ބޭންކާއި ގުޅުވަޑައިގަތުމުގެ ކުރިން ކާރލް ހުންނެވީ ބަޙުރެއިންގައި ހުންނަ ބޭންކް މަސްކޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯރޕަރޭޓް ޑައިރެކްޓަރުގެ މަގާމުގައެވެ. މި ބޭންކުގައި އޭނާ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމި ބޭންކިންގ ޚިދުމަތްތައް ބަލަހައްޓަވާފައެވެ. އޭގެ އިތުރު އޭނާވަނީ ބާރކްލޭސް ބޭންކު މޮރިޝަސްގެ ރީޖަނަލް މެނޭޖިންގ ޑައިރެކްޓަރ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ބީއެމްއެލްއަކީ ވަރަށްވެސް ކާމިޔާބު ތާރީޚެއް އޮތް ބޭންކެއް. އަދި ބޭންކް އޮފް މޯލްޑިވްސްއާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރުމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަޑު މިހިރީ ތައްޔާރަށް.

ކާރލްއާއި ވިދާޅުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެފައި ވެއެވެ.

ކާރލްއަކީ ޗާރޓަރޑް އިންސްޓިޓިއުޓް އޮފް ބޭންކަރސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓްއެކެވެ. އޭނާވަނީ ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިންގ ސައިސްގެ ރޮގުން ބެޗެލަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. ފްރާންސް، ސިވިޒަރލޭންޑް އަދި ސައުތު އެފްރިކާގައި އޭނާވަނީ އެގްޒެކެޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަ ކުރައްވާފައެވެ.

ބީއެމްއެލްއަށް އާ ސީއީއޯއަކު އައްޔަން ކޮށްފައި މިވަނީ، ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ޓިމް ސޯޔާގެ ވަޒީފާގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަކުރައްވާ، ރާއްޖެ ދޫކޮށް ވަޑައިގަތުމާއި ގުޅިގެންނެވެ.

ބޭންކުގެ އާ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް އިއުލާން ކޮށްފައިވަނީވެސް ފާއިތުވި ޖޫންމަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.