ޑްރަގުގެ ބޮޑެއްކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ޑްރަގުގެ ބޮޑެއްކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެ އައުމުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2022 01:50
0

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ގިނަ ދުވަސްތަކެއްވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައުމުން ހައްޔަރުކޮށްފިއެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ޜާއްޖެ ދޫކޮށް ދިޔައީ، މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އަތުލާގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އޭނަ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެއެވެ. އަރުޝަދު ދުބާއީއަށް އެތެރެވިޔަ ނުދިނުމުން ލަންކާގައި އުޅުމަށްފަހު ރާއްޖެއައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ހައިކޯޓުގެ ޢަމުރެއް ތަންފީޒްކުރުމަށްޓަކައި އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލާގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.