ފޮނަދޫ މަގުހެދުން: ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ %93 މަސައްކަތް ނިމިއްޖެ

ފޮނަދޫ މަގުހެދުން: ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ %93 މަސައްކަތް ނިމިއްޖެ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ދެވަނަ ފިޔަވަހީ)ގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ %93 މަސައްކަތް ވަނީ ފުރިހަމަކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައިވެ.

މަގުހެދުމުގެ ދެވަނަ ފިޔަވަހީގެދަށުން ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. އަލަށް ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުތަކަކީ ގިނަ ކަންތައްތަކަކާއެކު ފުރިހަމަ ކުރާ މަޝްރޫޢުތަކެކެވެ.

ފުނަދޫގައި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރި މަގުތަކަކަކީ ރަށުގައި މުހިންމު މުޢައްސަސާތައް ހުރި މަގުތަކެވެ. އޭގެތެރޭގައި ހިމެނެނީ އޮފީސްތަކާއި މިސްކިތް އަދި ސްކޫލަށް ދާންވެސް އާއްމުކޮށް ރަށުގެ ރައްޔިތުން ބޭނުންކުރާ މަގުތަކެވެ.

ދެވަނަ ފިޔަވަހީގެ މަގުތައްވެސް ތަރައްޤީކުރަނީ މި މަގުތަކާ ގުޅޭހެން، އާއްމު ޚިދުމަތްތަކަށް އެންމެ ގިނައިން ބޭނުންކުރަމުންދާ މަގުތައް ހިމެނޭގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *