ލޯންޗު ބަންޑުން ޖަހާލުން: ގެއްލުނު ޒުވާނާގެ ތަފްސީލް ހާމަކޮށްފި

ލޯންޗު ބަންޑުން ޖަހާލުން: ގެއްލުނު ޒުވާނާގެ ތަފްސީލް ހާމަކޮށްފި

ބުރާސްފަތި ދުވަހު މެންދުރު ފަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ ޒުވާނާގެ ވަނަވަރު އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މި ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ސ.ހިތަދޫ މިންހާ، އުމުރުން 28 އަހަރުގެ މުޙައްމަދު މިންހާޖު އެވެ. އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އޭނާ ހޯދުމަށް މިހާތަނަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިހާދިސާ ހިނގިއިރު ލޯންޗުން ދަތުރުކުރި އެކަކު އިއްޔެ ވަނީ ފެނިފައެވެ. އޭނާ އިތުރު ފަރުވާއަށް މިހާރު ވަނީ މާލެގެނެސްފައެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި، ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮށްޓާ ދިމާއިން ކަމަށެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި ފެނިފައިވަނީ އއ. މާޅޮސް ކައިރިންނެވެ. ލޯންޗުން ދަތުރުކުރި 2 މީހުންގެ ތެރެއިން މިހާތަނސް ފެނުނު މީހާ ފެނިފައިވަނީ ފެރިދޫ ފުށްޓަރާ ދިމާއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *