އެތައްބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ، ހައްލުނުވެ ގޯހުން ގޯހަށް!

އެތައްބައެއްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ، ހައްލުނުވެ ގޯހުން ގޯހަށް!

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 03:26
0

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުން އެއްކުރާ ފައިސާ ރައްކާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގައި ރައްކާކޮށްފައިވާ ބަހައްޓަނީ ރައްޔިތުންނަށް ބޭންކުން ދޭ އިތުބާރެއްގެ މައްޗަށެވެ.

ސޯޝަލް މީޑިއާގައި މިފަހުން ފެނިގެންދާ ޕޯސްޓުތަކާއި ފުލުނުންނަށް ހުށަހެޅެމުންދާ މިފަދަ މައްސަލަތަކަށް ބަލާއިރު މިއީ ނުދައްކައި ތިބެވޭ ވަރަށްވުރެއް މާސީރިއަސް ޤައުމީ ބޮޑު މައްސަލައެކެވެ. ދިވެހިންގެ ބޭންކު "ބޭންކް އޮފް މޯލްޑިވްސް" އަށް ދިވެހިން ކުރާ އިތުބާރު ދެމެހެއްޓުމަކީ އެބޭންކުން ކުރަންޖެހޭނެ މަސައްކަތެކެވެ.

ދިރިއުޅުމަށް އެއްކުރާ ފައިސާ އެހެން ބޭންކުތަކުގައ ރައްކާނުކޮށް ބީއެމްއެލްގައި ރައްކާކޮށްފައި ބަހައްޓަނީ ދިވެހިންގެ ބޭންކަށް ވާތީއެވެ. ކުރެވުނު އިތުބާރާއި ޔަގީންކަމަށް ބަލައިގެންނެވެ. ނަމަވެސް މިފަހުން ބީއެމްއެލްގައި ރައްކާކޮށްފައިވާ އެކި މީހުންގެ އެކައުންޓުތަކުގައި ހުންނަ ފައިސާތައް ވީނުވީއެއް ނޭގި ގެއްލޭ މައްސަލަ ވަނީ ބޮޑުވެފައެވެ. މިމައްސަލަ ދިމާވާ އެކި މީހުން ދަނީ މިކަން ބަލައި ދިނުމަށް އާދޭހާއިއެކު ބީއެމްއެލްގައި އެދެމުންނެވެ.

މިފަދަ މައްސަލައެއް ދިމާވި މީހަކު ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ އޭނާއަށް މިމައްސަލަ ފުރަތަމަ ދިމާވީ ބީއެމްއެލް އެޕަށް ނުވަދެވިގެން ކަމަށެވެ. ޖަހާ ޕާސްވޯޓުން ނުވަދެވި އެމައްސަލަ ބީއެމްއެލްގެ ސަމާލުކަމަށް ގެނައިކަމަށެވެ. މިމައްސަލަ ހައްލުވީ ފަހުންވެސް އެކައުންޓަށް ވަދެ ފައިސާ ކަނޑަމުންދާކަން ބީއެމްއެލްއަށް ގޮސް އެތާގެ މުވައްޒިފުންނާއި ބައްދަލުކޮށް ސަމާލުކަމަށް ގެނައިކަމަށެވެ. ނަމަވެސް އެއީ ބޭންކަށް ބެލޭނެ ކަމެއް ނޫންކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ބުނެ ވަރަށް ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ މިހާރު ފުލުހުގައި އޮތްއިރު މިފަދަ އެތައް މައްސަލައެއް ފުލުހުންނަށް ދަނީ ތަހުގީގް ކުރަމުންނެވެ. އޭނާ ވިދާޅުވީ އެކައުންޓުގައި ރައްކާ ކޮށްގެން ގެންގުޅު 2 ލައްކައެއްހާ ރުފިޔާ ހަތަރު މީހެއްގެ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށެވެ. މިކަންވެސް ބޭންކުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

މިހާލަތު ދިމާވެފައިވާ އެތައް ބައެއްގެ ޝަކުވާ ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުންދާއިރުވެސް ބީއެމްއެލްގެ ފަރާތުން މިކަމުގައި އަޅާ ފިޔަވަޅެއް އަދި ކުރަމުންދާ މަސައްކަތެއް ހާމަކޮށްފައިނުވެއެވެ. މިއިން އެއްވެސް މީޙެއްގެ އެކައުންޓުން ގެއްލިގެން އުޅޭ ފައިސާއަށް ވީގޮތަށް އަމަލު ކުރަންވީ ގޮތެއްވެސް ބުނެ ނުދެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން މިއަހަރުގެ މިހާތަނަށް ސްކޭމް ކޯލްތަކާއި ގުޅުންހުރި 220 އަށްވުރެ ގިނަ މައްސަލަ އެއިދާރާގައި ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލަތަކުގައި އެކި މީހުންގެ އަތުން ހަތަރު މިލިޔަން ރުފިޔާ ވަނީ އޮޅުވާލައިގެން އަތުލާފައެވެ.

އެކި ނަންބަރުތަކުން ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަށް އެންމެ ގިނައިން ފޯން ކޯލްތައް އަންނަ މާފުށީ ޖަލުންކަމަށް ތަކުރާރުކޮށް ފުލުހުން ދަނީ ބުނަމުންނެވެ. ޖަލުގައި ޖޭމަރު ހަރުކުރުމާއި، އަދި ޖަލަށް ފޯނު ނުވެއްދޭ ގޮތް ހެދުމަކީ ހޯމް މިނިސްޓްރީގެ ޒިންމާއަކަށްވާއިރު މިޒިންމާ ހޯމް މިނިސްޓްރީއަށް އެންމެ ރަނގަޅަށް އަދާކުރެވިފައިވާ ތަނެއް ނުފެނެއެވެ.

ޖަލަކީ މީހަކު ކުރާ ކުށަކަށް އަދަބު ދިނުމަށް ބަންދު ކުރެވޭ ތަނަކަށްވާއިރު އެތަނަކީ ބޮޑެތި ވިޔަފާރީގެ މުއާމަލާތު ކުރާ ތަނަކަށް ވުމަކީ ދެވޭ ޖާގައަކުން ނޫނީ ނުކުރެވޭނެކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުއާޒު މުހަންމަދު
ބޭންކްގެ އިސް މަގާމުތަކަށް ވެސް ވަގުންލީމާ ވާނެ ގޮތް މި ވަނީ. ބޭނުމަކީ ބީއެމްއެލްގެ އިތުބާރު ދުއްވާލުމަށް ފަހު ރާއްޖޭގެ މައި ބޭންކަކަށް ސްޓޭޓް ބެންކް އޮފް އިންޑިއާ ހެދުން. ސަރުކާރާ ގުޅިގެން ހިންގާ ޖަރީމާއެއް.
ޖ ޖާބެ
ބެންކް އޮފް މޯލްޑިވްސް ގެ އެކައުންޓްތައް ބަދަލްކުރަންވީ އިސްލާމިކް ބެންކް ނުވަތަ ލިމާޝަލް ބެނކ ލަންކާ ބެނކ ދިވެހިންގެ ބެންކ ސެކިޔޯއެއް ނޫން މިހާރަކު މުސްކުޅިންގެ ފައިސާ ސެކިޔޯބާ
ޖ ޖުނުބު
ގައުމު ބައްޓަންވެފަ އޮތީ އެހެން.މިގައުމުގެ ނެތް ރައްޔިތުންގެ ހައްގު ރައްކާތެރިކޮށް ހިމާޔަތްކުރާނެ މުއައްސަސާއެއް.މި ގައުމުގެ ހިންގާޖަރީމާ ތަކަކީ ސިޔާސީ މިހުން މަޖިލިސް މެމްބަރުން ފެށިގެން އެންމެ މަތީ ވެރިންނާއި މުއައްސަސާތައް ގުޅިގެން ސިޔާބޭނުމަށް ހިންގާ ޖަރީމާތަކެއް.އެކަންތައް ހުއްޓުވާކަށް އުޅޭ ބަޔެއްވެސް ނެތް.
ފ ފާސާ ފާސާ
އެހެންތާދެންވާނީވެސް ނާގާބިލްމީހުން ކަންކަންކުރަން ކުރަންވީމަ
ޖ ޖަޑިބު ހަސަނު
ސުވާލު އުފެދެއެވެ. ހުރިހާ ޕޯސްޓަކާއި އާރޓިކަލް ތަކުގައި މިތުހުމަތު ހަމަ އެކަނި ބީއެމްއެލް އަށް އޮތީ ކީތްވެތޯއެވެ. ބީއެމްއެލް ފިޔަވައި އެހެން ބޭންކެއްގައި ފައިސާ ރައްކާނުކުރަނީތޯއެވެ. ނޫނީ ބީއެމްއެލްގެ އެކައުންޓް ފޫއަޅުވާލަން އެހާ ފަސޭހައީ ތޯއެވެ. އެކައުންޓްގެ ސެކިއުރިޓީއެއް ނެތީތޯއެވެ. ނޫނީ ބޭންކްގެ އަތެއް ވަނީތޯއެވެ. މިކަމުގެ ބައެއް ބޭންކަށް ނުވަތަ ބޭންކްގެ މުވައްޒަފުން ތަކަކަށް ލިބެނީތޯއެވެ. ބޭންކަށް ނޫނީ ނޭނގޭނެ މަޢުލޫމާތު އެހެން ފަރާތަކަށް ދާކަން ޔަޤީނެވެ. ރައްޓެއްސަކު ބޮޑު އިންޓަރެސްޓްގައި ލޯނެއް ނަގައި އެލޯން އެކައުންޓަށް ޖަމާވުމާއި އެކު "ބޭންކުން" ގުޅައި އެފައިސާ ވަގަށް ނަގަން މަސައްކަތް ކުރިކަމަށް ބުނިއެވެ. އެކައުންޓް ހުޅުވަން ދީފައިވާ މެއިލްއާއި ފޯން ނަމްބަރާއި ޕާރސަނަލް އެހެން މަޢުލޫމާތު "ބޭންކުން ކަމަށްބުނެ" ގުޅާ ފަރާތްތަކުގައި އެބަހުއްޓެވެ. ބޮޑެތި އަދަދުތަކުން ފައިސާ އަތުލުމުން އެއީ މަކަރާއި ހީލަތުންކަން އެނގުމާއި އެކު ބޭންކަށް ގުޅިނަމަވެސް އެފައިސާ އޭޓީއެމް އިން ނަގަންދެން އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްފައި އެބަހުއްޓެވެ.
ދ ދިވެހިން
މޮޔަޔަކު އަތައް ކަނޑި ދިނީމަ ވާގޮތް މިއޮތީ ވެފަ. ގުޅާލާ މީހަކަށް ފައިސާފޮނުވީމަ ދެން ބޭންކުން ކުރާނީ ކީއް؟
ދ ދޯނާމީ
ޖަލު ގައިދީން ބޮލަށް ކަނޑާނެ ކަމެއް ނެތެވެ. ބޭންކު މުވައްޒަފުންނޭ ބުނެވޭނެ ޖާގަ އެބައޮތެވެ. ބޭކު މުވައްޒަފުން ތިޒާތު ކަންކަން ކޮށްގެން ވަޒީފާއިން ވަކިކޮށްފައި ހުރީ ތިބާވަތުގެ ނޭއްގާނި ކަންކަން ކުރާތީއެވެ.
ނ ނުރަބޯ
އެއީ ކަމެއްވާ ބައެއްތަ؟ އޭޓީއެމަކަށް ފައިސާ ނަގަން ދިޔަޔަސް އެތަނުގައި 4 މެޝިން ހުރިއްޔާ ޚިދުމަތް ލިބޭ ހުންނާނީ އެއްމެ މެޝިނެކެވެ. ދެން އެ މެޝިން ކައިރީ ކިޔޫ ހަދައިގެން މީހުން ތޮއްޖެހި ތިބެގެން ބޭންކަށް އެތިވަރު ގޮވާނެ. އެހެންތާ ވާނީ. އެއް މެޝިނުން ބުނަނީ ވަގުތީގޮތުން ޚިދުމަތް މެދުކެނޑިފައޭ، އަނެއް މެޝިނުން ބުނާނެ ޚިދުމަތް ދޭ ފަރާތުގެ މައްސަލައެއް އެބައުޅެއޭ، އަނެއް މެޝިނުން ބުނާނެ ތިޔަ ޢަދަދު ފުރިހަމަ ކުރެވޭކަށް ނެތޭ.
ޢ ޢެމް.އެމް
ޢެކައުންޓް ތަކުގައި ހުންނަފައިސަާ ރަާއްޖެ އާއި ބޭރުގެ ތަންތަނަށް ޓުރާންސް ފަރ ކޮށްފައިވޭެ. ޢެކައުންތުތަކުން ފައިސާ ނުގެއޭ ގޮތަށް ކަންކަން އިންތިޒާމް ކުރަންޖެހޭ. ގެއްލޭފައިސާ ހޯދައިދޭންޖެހޭ.