ޔުނައިޓެޑަށް އުނގަދޫ މޮޅެއް

ޔުނައިޓެޑަށް އުނގަދޫ މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި އޮމޯނިއާ ނިކޯސިއާއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އޮމޯނިއާގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ގޯލު ޖެހީ އޮމޯނިއާއެވެ. މެޗުގެ 34 ވަނަ މިނިޓްގައި މި ގޯލު ޖެހީ ކަރީމް އަންސަރީފާދުއެވެ. ބަދަލަކަށް ކުޅެން އަރައި، މެޗުގެ 53 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑްއެވެ. އަދި ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 63 ވަަނަ މިނިޓްގައި އެންތަނީ މާޝިއާލް ޔުނައިޓެޑަށް ލީޑުނަގައިދިނެވެ.

ރެޝްފޯޑް، ވަނީ މެޗުގެ 84 ވަަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ބޯޅައަކުން ޔުނައިޓެޑަށް ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. ޔުނައިޓެޑުން ތިން ވަނަ ގޯލު ޖެހިތާ، މިނިޓެއް ފަހުން އޮމޯނިއާ އިން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ޖެހީ ނިކޯލަސް ޕަނަޔިއޯޓޫ އެވެ.

މިކާމީޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕް އީގެ ދެވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގާ އުޅޭނީ ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްފައިވާ ރެއާލް ސޮސިއެޑާޑްއެވެ. އިމޯނިއާ އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ރޭ ސޮސިއެޑާޑް އާއި ޝެރިފް ޓިރަސްޕޯލް ބައްދަލުކުރިމެޗް ރަށުން ބޭރުގައި ދެލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސޮސިއެޑާޑްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *