އާ އޮފީހުގެ މަސައްކަތް ފަށަން އެމްއެންޕީ މެމްބަރުން ހަތިމެއްކޮށްފި

އާ އޮފީހުގެ މަސައްކަތް ފަށަން އެމްއެންޕީ މެމްބަރުން ހަތިމެއްކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 01:40
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާ އޮފީހުގެ މަސައްކަތް ފަށަން އެމްއެންޕީ މެމްބަރުން ކީރިތި ޤުރުއާން ހަތިމެއްކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ މަސައްކަތްތައް މިއަދު ވަނީ އައު އޮފީހަކަށް ބަދަލުވެފައެވެ. އެޕާޓީން ބުނެފައިވަނީ އައު އޮފީހުގައި މަސައްކަތް ފެށުމަށް ޕާޓީގެ މެންބަރުން މިއަދު ވަނީ ކީރިތި ޤުރުއާން ޚަތިމުކޮށްފައި ކަމަށެވެ.

އާ އޮފީސް ހުޅުވުމަށް ބޭއްވި ހަރަކާތުގައި އެޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމްއާއި، ނައިބް ރައީސުންނާއި، އިސް ބޭފުޅުންވަނީ ބައިވެރިވެފައެވެ. އެމްޕީއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ ނަމަވެސް އެޕާޓީން ދަނީ ސިޔާސީ ގޮތުން ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެމްއެންޕީގެ އާ އޮފީހުގެ މަސައްކަތްތައް ފަށާފައިވައިރު، އެޕާޓީގެ އެންމެ މުހިންމު މަސައްކަތްކަށް އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުންކަމަށް ވަނީ ބުނެގައެވެ. ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ރަސްމީކޮށް ނިންމާފައި ނުވިނަމަވެސް، ވާދަ ކުރާނެ ކަމަށް ބެލެވެނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑާބެ
ދެއްކުންތެރިކަމުގެ ހައްދު ފަހަނައެޅުން ތީ. ތެދުވެރި ނިޔަތެއް އޮތްނަމަ ތިކަން ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ. ތިވެރިންކުރާ އެއްވެަް ކަމެއް ކާމިޔާބެްް ނުވާނެ!!އއ
ހ ހުސޭނުބެ
ތިޔައީ ބޮޑު ބިދުޢަ އެކެވެ. އަދި ކޮންމެ ބިދުޢައެއްވަނީ ނަރަކައިގައެވެ. ޖާހިލުން ގިނަކަމުގެ އަލާމާތެކެވެ.