އަލީ ވަހީދަށް ކުރި ދައުވާތައް ކުރިއަކަށް ނުގެންދެވި، އަނބުރާ ފޮނުވާލައިފި

އަލީ ވަހީދަށް ކުރި ދައުވާތައް ކުރިއަކަށް ނުގެންދެވި، އަނބުރާ ފޮނުވާލައިފި

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2022 09:50
0

ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 6 ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ލިބޭ އަލީ ވަހީދު ރާއްޖެއިން ފިލީ ފެބްރުއަރީ 10، 2021 ގައެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރު ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ. އަލީ ވަހީދު ހޯދުމަށް ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

ބޭސްފަރުވާއަށްކަމަށް ވިދާޅުވެ މިިދިޔަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެ ވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތަ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވަފައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއީ އޭނާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައިގެންނެވެ. ގާޒީ ހަސަން ސައީދު ބައްލަވަމުން ގެންދެވި އެ މައްސަލަ އަނބުރާ ފޮނުވާލީ ކޯޓުގެ އަމިއްލަ އިހްތިޔާރުގައެވެ. ގިނަ ދުވަސް ވަންދެން ނުހިނގާ މައްސަލަތައް މީގެ ކުރިން ވެސް އަނބުރާ ފޮނުވާލާފައި އެބަހުއްޓެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމާއި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކުރިއެވެ.

އަލީ ވަހީދިގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 20 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރިއެވެ. އަލީ ވަހީދު ގެންދަވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ދޭތެރެ ދޭތެރެއިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
އަޅީ ވަހީދު ކީއްވެ 20 އަހަރަށް ޖަލަށް ލުމުގެ ހުކުމަށް ތި ޝައުގުވެރިވަނީ. އޭނާ ކުރިކަމެއް ވެސް ކުރާން އުޅޫނީ ޖިންސުންލަތީފުންނާ އެކު. ފިރިހެންކުޅި ކުޅޭ މީހުން 3 މހަށް ގޭބަންދަށް އެލަނީ. އަދި ވަޒީފާއަށް ނިކުންނަމުން.