ކޫއްޑޫ މަސް ފެކްޓްރީ މަތިން ވެއްޓުނު މީހާ މަރުވެއްޖެ

ކޫއްޑޫ މަސް ފެކްޓްރީ މަތިން ވެއްޓުނު މީހާ މަރުވެއްޖެ

ކޫއްޑޫގައި މިފްކޯއިން ހިންގާ މަސް ފެކްޓްރީ މަތިން ވެއްޓި ފަރުވާދެމުން ދިޔަ ބިދެސީ މީހާ މަރުވެއްޖެއެވެ.

މަސްފެކްޓްރީ މަތިން އެމީހާ ވެއްޓިގެން ފަރުވާދޭން ފެށީ މިދިޔަ ހަފްތާ ތެރޭގައެވެ. އެމީހާ އަކީ އުމުރުން 44 އަހަރުގެ ބިދޭސީއެކެވެ. އޭނާ މަރުވެފައިވާކަން އައިޖީއެމްއެޗް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އައިޖީއެމްއެޗް އިން ވިދާޅުވީ، އޭނާ މަރުވީ އިއްޔެ އިރުއޮއްސި 6 ޖަހާކަންހާއިރެވެ.

ކޫއްޑޫ މަސް ފެކްޓްރީގައި މަސައްކަތްކުރި އެމީހާ ވެއްޓުނީ އެ އިމާރާތުގެ ފުރާޅު ބަދަލުކުރަން އުޅުމުގެ ތެރެއިން ފުރާޅު މަތިންނެވެ. އޭނާ ވެއްޓުނީ 20 ފޫޓު މަތިންނެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، އެ އަނިޔާތަކުގެ ސީރިއަސްކަމުން އޭނާއަށް ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ.

މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާތީ މިފަދަ ހާދިސާތައް ރާއްޖޭގައި ހިނގާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.