ހަނިމާދޫ އެއާޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފި

ހަނިމާދޫ އެއާޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2022 10:12
0

ހދ.ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހދ. ހަނިމާދޫ ޕޯސްޓްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާއެކު ސިފައިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި، ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން އެއްގަމަށް އަރުވާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.