ޕްރިޔަންކާ މިހާރު ދަރިފުޅުގޮވައިގެން ދަނީ ހަވީރު ހިނގާލަން

ޕްރިޔަންކާ މިހާރު ދަރިފުޅުގޮވައިގެން ދަނީ ހަވީރު ހިނގާލަން

Author
ފާތިމަތު ނާވީ
30 ސެޕްޓެމްބަރ 2022 08:26
0

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިއުންތެރިޔާ ނިކް ޖޯނަސްއަށް އަލަތު ދަރިފުޅު ލިބުން ކަން ހާމަކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ސަރޮގަސީ މެދުވެރިކޮށް އެމީހުން ދަރިއަކު ހޯދާފައި ވާއިރު، އެކުއްޖާ އަށް ކިޔަނީ މާލްތީ މާރީ ޗޯޕްޅާއެވެ. ލޯބިން އެކުއްޖާ އަށް އެމިހުން ކިޔަނީ އެމްއެމް އެވެ. ދަރިފުޅު ލިބުން ފަހުން ޕްރިޔަންކާ އަންނަނީ އެކުއްޖާ އާއިއެކުގައި ހޭދަކުރާ ވަގުތުތަށް އިންސްޓްގަރާމް މެދުވެރިކޮށް ހިއްސާ ކުރަމުްނނެވެ.

އެގޮތުން އެންމެ ފަހުން ޕްރިޔަންކާ އާއި އެމްއެމް ފެނިގެން ގޮސްފައިވަނި ހާވީރު ހިނގާލަން ނުކުމެ އުޅެނިކޮންނެވެ. ތްރޯލީއަށް ދަރިފުޅު ލައިގެން ހިނގައިފައިދަނިކޮން ނަގާފައިވާ ފޮޓޯއެއް ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޯށްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މަންމައިންގެ ދުވަހު އަލަށް ޕްރިޔަންކާ ދަރިފުޅުގެ ފޮޓޯ ހިއްސާކޮން އެމީހުންގެ ދަރިފުޅާއި ބެހޭގޮތުން ވަނީ ޕޯސްޓެއް ކޮށްފައިއެވެ.

ޕްރިޔަންކާގެ ދެމަފިރިން ދަރިފުޅާއެކު އާންމުކުރި ފޮޓޯއާއެކު ބުނެފައި ވަނީ މާލްތީ ވިހޭ ފަހުން 100 ދުވަސް ވަންދެން އޮތީ ލޮސް އެންޖެލިސްގެ ރޭޑީ ޗިލްޑްރެންސް ލަ ޖޯލާ އެންޑް ސެޑާރު ސިނައި ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

9 މަހުގެ ދަރިފުޅާއި އެކުގައި ޕްރިޔަންކާ އަންނަނީ ގިނަ ވަގުތު ތަކެއް ހޭދަ ކުރަމުންނެވެ. މީ ޕްރިޔަންކާ އަދި ނިކްގެވެސް އަލަރު ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރު ވަރަށް ކުލަގަދަކޮށެވެ. މިއީ ދެމީހުންގެ ވެސް އަލަތު ކައިވެންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.