އާލިއާއާ އިން ފަހުން ރަންބީރަށް ލޮލުފިޔަ ޖަހައިނުލެވޭ!

އާލިއާއާ އިން ފަހުން ރަންބީރަށް ލޮލުފިޔަ ޖަހައިނުލެވޭ!

Author
ފާތިމަތު ނާވީ
29 ސެޕްޓެމްބަރ 2022 09:29
0

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރް ކައިވެނި ކުރީ މި އަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.

ކައިވެންޏަށް ފަހު ދެމީހުންވެސް ވަރަށް ބޮޑަށް ބިޒީވިއެވެ. އަދި ހަމަ އެހެންމެ ކައިވެންޏަށް ދެ މަހުގައި އާލިއާ ވަނީ އެނާ ބަނޑުބޮޑުކަން ވެސް އިއުލާން ކޮށްފައެވެ. ނަމަވެސް އެނާ ދިއައީ ވަރަށް ބިޒީކޮން މަސައްކަތް ކުރަމުންނެވެ.

އާލިއާ ބަނޑުބޮޑުކަން އިއުލާން ކުރިއިރު ހުރީ ހޮލީވުޑްގެ ފިލްމްގެ ޝޫޓިން ގައި ލަންޑަންގައެވެ. ޝޫޓިން ނިންމާލުމަށްފަހު އެބުރި އިންޑިއާއަށް އައިސް އޭނާ ފެށީ ފިލްމު ޕްރޮމޯޝަންގެ މަސައްކަތެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އެތަށް ރެކޯޑެއް މުގުރަމުންދާ، އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގުބޮޑޫ ފިލްމު ކަމުގައިވާ "ބްރައްމަސްތުރާ" އަކީ އެދެމީހުން އެކުގައި ކުޅުން އަލަތު ފިލްމެވެ.

އެމީހުންގެ ލޯބީގެ ފެށުމަކީ "ބަރައްމަސްތުރާ" ގެ ސެޓެވެ. ފިލްމު ރިލީޒް ކުރުމަށް ފަސް އަހަރުގެ ދިގު މުއްދަތެއް ހޭދަވިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ އެމީހުންގެ ދިރިއުޅުމުގެ ބައެއް ކަންކަން ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނީ ކައިވެންޏަށް ފަހު ހަމަ ނިދި ނިދާލަން ނުލިބޭ ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ސަބަބަކީ އާލިއާ ނިދާފައި އޮންނަނީ އެނދު ހުރަހަށް ކަމަށާއި ނިދި ގަދަވާ ވަރަކަށް ދާނީ އެނދުން ހިފާ ޖާގަ ބޮޑުވަމުން ކަމަށެވެ. އާލިއާ އަކީ ނިދި ގަދަވާ ވަރަކަށް ފުރޮޅޭ މީހެއް ކަމުން އެދުން ޖާގައެއް ހޯދުމަކީ ވަރަށް އުދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ރަންބީރު ބުނީ އާލިއާއާ އެކު އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ މި މައްސަލަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.