ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭގެ ޖަނާޒާ ބާއްވައިފި

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭގެ ޖަނާޒާ ބާއްވައިފި

Author
ހުސެއިން
27 ސެޕްޓެމްބަރ 2022 08:06
0

ފާއިތުވެދިޔަ ޖުލައިމަހުގެ 8 ވަނަ ދުވަހު އަވަހާރަ ކޮށްލެވުނު، ޖަޕާންގެ ބޮޑުވަޒީރު އަބޭ ޝިންޒޯ އަބޭގެ ޖަނާޒާ މިއަދު ޖަޕާންގައި ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.

ޖަޕާންގެ ނާރާ ސްޓޭޓުގެ ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ޖާޕާންގެ މީހަކު ބަޑިން ހަމަލާއެއްގައި ޒަޚަމްވެ ވަޑައިގެން، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި، ކުރީގެ ބޮޑުވަޒީރު އަވަހާރަވިތާ 2 މަހާއި ބައިގެ ދުވަސްފަހުން މިއަދު އަބޭ ޝިންޒޯގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި އިއްޔަތްތެރިން ޖަޕާނަށް ވަޑައިގެންފައި ވެއެވެ.

މިގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ނާއިބު ރައީސާގެ އިތުރުން އުރުދުންގެ ރަސްގެފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި، ސްރީ ލަންކާގެ ރައީސް ރަނިލްގެ އިތުރުން އަރަބި ގިނަ ގައުތަކުގެ ރަސްރަސްކަލުންވެސް މި ރަސްމިއްތާޔަށް ވަޑައިގެންފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުންވެސް މި ރަސްމިއްޔާތުގައި މިއަދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި ރައީސް ސާލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޚާރިޖީ ވަޒީރު ޝާހިދުއެވެ. އޭނާއާއެކު ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަލީލުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި އެވެ.

ޖަޕާންގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރިކަން ކުރެއްވި އަބޭ އެގައުމުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 2006 ވަނަ އަހަރުން 2007 ވަނަ އަހަރަށެވެ. އެއަށްފަހު 2012 އިން 2020 ވަނަ އަހަރާއި ހަމައަށް އޭނާވަނީ އެގައުމުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ޝިންޒޯ އަބޭ އަބަހާރަ ކޮށްލާފައިިވަނ، އޭނގެ މައިންފަބައިން ޖަޕާންގެ ދީނީ ޖަމާއަތަކާއި ގުޅުން ބާއްވާތީ ހިތްހަމަ ނުޖެހިންގެ ކަމުގައި، އަބޭ އަވަހާރަ ކޮށްލި ކަމަށް މިހާރު އެއްބަސްވެފައިވާ ޓެޓްސޫޔާ ޔަމަގަމީ ބުނެފައިވާކަމަށް މިހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ވިދާޅު ވެއްޖެއެވެ.

ކޮށްލީ، އޭނާ ޖަޕާންގެ ދީނީ ޖަމާއަތަކާއި ގުޅުން ބާއްވާތީ ހިތްހަމަ ނުޖެހިންގެ ކަމުގައި، އަބޭ އަވަހާރަ ކޮށްލި ކަމަށް މިހާރު އެއްބަސްވެފައިވާ ޓެޓްސޫޔާ ޔަމަގަމީ ބުނެފައިވާކަމަށް މިހާދިސާ ތަހުގީގު ކުރަމުންދާ ފުލުހުން ވިދާޅު ވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.