ބޮޑު ތިލަދުން މަތީގއި ގާއިމްކޮށްފައިވާ އާރުޓީއެލްގެ ފެރީ ނިޒާމުގެ ތަޖުރިބާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވައިފިއެވެ.
ބޮޑު ތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި މިއަދު އުތީމުން، ދިއްދުއަށް ވަޑައިގެންފައިވަނީ އާރުޓީއެލް ފެރީގައެވެ. އެމަނިކުފާނު ފެރީގައި ވަޑައިގެންނެވިއިރު މަޖިލީހުގެ މެމްބަރުންނާއި، އެމްޓީސީސީގެ ސީއީއޯވެސް ވަނީ ދަތުރުގައި ބައިވެރިވެފައެވެ.
އާރުޓީއެލް ފެރީގެ ނިޒާމުން ބޮޑު ތިލަދުންމަތީގެ 41 ރަށެއް ވަނީ ގުޅާލާފައެވެ. ރާއްޖެ ދަތުރުފަތުގެ ނިޒާމުން ގުޅުވާލުމަކީ ރައީސް ޞާލިހުގެ ވައުދުކެވެ. އާރުޓީއެލްގެ ޚިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުއެކެވެ. އެގޮތުން އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަށް، އެކި ރޫޓްތަކުން ގުޅާލެވޭނެއެވެ.
ގައުމީ ދުވަސް 🇲🇻
ގައުމީ ފެރީ ނިޒާމު RTL އިން ރައީސް @ibusolih ކުރައްވާ ފުރަތަމަ ދަތުރު
އުތީމުން ދިއްދޫއަަށް pic.twitter.com/Z84rJzuLJb
— Luke (@Lucasjalyl) September 27, 2022
އެމްޓީސީސީގެ ތަފާސް ހިސާބުތަައް ދައްކާގޮތުން އާރްޓީއެލް ފެރީ އަދި ބަހުގެ ހިދުމަތާއިއެކު ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންގޮސްފައެވެ.
އެގޮތުން އެމްޓީސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް 308 ވަޒީފާ ވަނީ އުފައްދާފައެވެ.
– އާރުޓީއެލް ފެރީގެ ޙިދުމަތް ( ހއ، ހދ، ށ) – 85 ވަޒީފާ
– އާރުޓީއެލް މިނީ ބަސް ( އައްޑޫ، ލާމު، ފުވައްމުލައް) 19 ވަޒީފާ
– އާރުޓީއެލް ބަސް ( ގްރޭޓަރ މާލެ އޭރިއާ) – 155 ވަޒީފާ
– އެޑްމިން/ ސަޕޯޓް – 49 ވަޒީފާ
ސަރުކާރުގެ އަތްފޯރާ ދަތުރުފަތުރުގެ ނިޒާމު ގެނެސްދެނީ ހަމައެކަނި، އަވަސް ދަތުރުފަތުރުގެ ނިޒާމެއް ނޫނެވެ. އާރްޓީއެލްގެ ސަބަބުން އުފެދެމުންދާ ވަޒީފާތަކަކީ، ވަޒީފާ އެއް ނުލިބި ތިބި އެތައް ދިވެހިންނަކަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ. އަމިއްލަ ރަށުގައި، އަތޮޅުގައި އާއިލާއެކު ތިބެގެން އާމްދަނީ ހޯދުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މީގެން ރާއްޖޭގެ މުޅި އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރާނެއެވެ.
އަތޮޅުތެރޭގައި ދެމުންދާ އާރުޓީއެލް ފެރީގެ ޙިދުމަތާއެކު އިތުރުވެގެންގޮސްފައިވާ ވަޒީފާތަަކަށް ބަލާއިރު، ޒޯން 1ގެ ޚިދުމަތަށް 17 ލޯންޗް ބޭނުންކުރާއިރު، މިއިން ކޮންމެ ލޯންޗެއްގައި މަދުވެގެން 5 މުވައްޒަފުން މަސައްކަތް ކުރާނެއެވެ. އެއީ 2 ކެޕްޓަނުންނާއި 3 ފަޅުވެރިންނެވެ. އަދި ޓަރމިނަލްތައް ހުރި ރަށްތަށުގައި އިދާރީ މުވައްޒަފުންވެސް މަސައްކަތް ކުރާނެއެވެ. ހަމައެކަނި މި ޒޯންގެ ލޯންޗުތަކުގައި ސަތޭކައެއްހާ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
އާރްޓިއެލްގެ ފެރީގެ ޚިދުމަތާ ބަސް ޑްރައިވަރުންނާ އެޓެންޑުންގެ ގޮތުގައި ގިނަ އަންހެން މުވައްޒަފުންތަކެއްވެސް އަންނަނީ މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.