ޖަލުގައި ނަޝީދު ނިޔާވި މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

ޖަލުގައި ނަޝީދު ނިޔާވި މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2022 10:47
0

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މި މަހު 15ގައި ކުއްލި ގޮތަކަށް މަރުވި މީހެއްގެ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފިއެވެ.

އުމުރުން 43 އަހަރުގެ ނަޝީދު ނިޔާވީ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 15 ވަނަ ދުވަހުއެވެ.

ނަޝީދުގެ މަރާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު، އެދުވަހުގެ 17:26 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައެޅި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.

އެޗްއާރުސީއެމުން އެ މައްސަލަ ބަލަމުން އަންނައިރު، ނަޝީދު ޖަލުގައި މަރުވި ގޮތް ތަހުގީގުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ކަމާބެހޭ އިދާރާތަކަށް ގޮވާލިއެވެ. އޭނާ މަރުވީ ޖަލު އޮފިސަރުންގެ އިހުމާލުން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ނަޝީދުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ އޭނާ ނޭވާ ނުލާތީ އޭނާއާ އެއް ގޮޅިއެއްގައި ހުރި ގައިދީއަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދިން ކަމަށެވެ. ސީޕީއާރުގެ ފަހުން ވެސް އޭނާ އަށް ނޭވާނުލެވި، އެ ދުވަހުގެ ހަވީރު އޭނާ މަރުވި ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. ނަޝީދު މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އޭނާގެ އާއިލާއިން ވެސް ތުހުމަތުކުރެ އެވެ.

ޖަލު ބަންދުގައި ތިބޭ މީހުން ކުއްލި ގޮތަކަށް މަރުވާ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާއިރު، އެފަދަ މައްސަލަތައް އެއްވެސް ވަރަކަށް ތަހުގީގުނުކުރާތީ ސަރުކާރަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.