މަތިވެރީ އިންޖީނުގޭގެ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފި

މަތިވެރީ އިންޖީނުގޭގެ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފި

ސަރުކާރުން ފަށާފައިވާ ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން އއ.މަތިވެރީ އިންޖީނުގޭގެ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފިއެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެއަކީ ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ކަރަންޓު އުފައްދާ ޤައުމުކަށް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މިސިޔާސަތު ތަންފީޒު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ ސްޓެލްކޯއިންނެވެ. އެކުންފުނިން ދަނީ ގޭގޭގައާއި، އެކުންފުނިން ހިންގާ އިންޖީނުގޭ ތަކުގައިވެސް ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އިސްކަންދީ، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކުރުމަށްޓަކައި، ސަރުކާރުގެ އިޔާދަކުރަނިވި ހަކަތައިގެ ސިޔާސަތުތަކާއި އެއްގޮތަށް އއ. މަތިވެރީގެ އިންޖީނުގޭގެ ފުރާޅުގައި މިހާރު ވަނީ ސޯލާޕެނަލް ހަރުކުކޮށްފައެވެ.

ސަރުކާރުން ދަނީ ރަށްރަށަށް ޢަމާޒުކޮށްގެން، ސޯލާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. ސަރުކާރުގެ ޢަމާޒަކީ 2023 ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *