ހުޅުމާލޭ ފަޅު ސާފުކޮށް، 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައިފި

ހުޅުމާލޭ ފަޅު ސާފުކޮށް، 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައިފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2022 02:18
0

"އިންޓަރނޭޝަނަލް މެރިޓައިމް ވީކް" ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ގުޅިގެން މިއަދު ހުޅުމާލޭ ފަޅު ސާފުކޮށްފިއެވެ.

މިއަދު ހެނދުނު ފެށި މި ސާފުކުރުމުގެ ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެމްޑީއެފް މާލޭ އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ. މި ގޮތުން މިހަރަކާތުގައި ހުޅުމާލޭ ހުޅަނގު ފަރާތު ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފައެވެ.

އަދި، މި ހަރަކާތުގައި، އެ ސަރަހައްދުތަކުން ސިފައިން ވަނީ، 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައި ސާފުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.