މާކުރަތު ބަނދަރު މަޝްރޫޢު: ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

މާކުރަތު ބަނދަރު މަޝްރޫޢު: ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2022 02:07
0

ރ.މާކުރަތު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މާކުރަތު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.

މާކުރަތުގައި މިހާރު ހަދާފައި އޮތް ބަނދަރަކީ 600 ފޫޓް ދިގު 272 ފޫޓް ފުޅާބަނދަރެކެވެ. ބަނދަރު މަރާމާތު ކޮށް ބަނަދަރަށް އިތުރު ކުރުމަށް ނިންމާފައިވަނީ 252 ފޫޓް ނުވަތަ 77 މީޓަރެވެ. މިހާރު ބެޭނުން ކުރަމުންދާ ބަނދަރުގެ މަރާމާތުގެ މަސައްކަތާއެކު ނިންމާ ގޮތައް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 45،024 އަކަމީޓަރު ބަނދަރު ފުންކުރާނެއެވެ. އަދި 140 މީޓަރު ބޭރުތޮށި ޖެހުމާއި، 85 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 129 މީޓަރު އެއްގަމުތޮށި ޖެހުމާއި، 26 މޫރިންގ ރިންގް ހަރުކުމާއި، ބޮޑެތި އުޅަނދުތައް އެޅުމަށް ޚާއްސަކޮށް 5 މޫރިންގ ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، 641 އަކަމީޓަރުގެ ޕޭވްމަންޓު ހެދުމާއި، ބަނދަރު ހިމެނޭ ސަރަހައްދުގައި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަސްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫޢަށް 26.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސްރޫއުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 26.6 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.