އާލިއާ ކާހިތް ވަނީ ޕިއްޒާ!

އާލިއާ ކާހިތް ވަނީ ޕިއްޒާ!

Author
ފާތިމަތު ނާވީ
19 ސެޕްޓެމްބަރ 2022 08:39
0

އަލަތު ދަރިފުޅަށް ބަލިވެ އިން އާލިއާ ބަޓްގެ "ޕްރެގްނެންސީ ކްރޭވިންގްސް" އަކީ ޕިއްޒާ ކަމަށް ބުނެ ފޭނުން ކުރެ އެންމެ މީރު ޕިއްޒާއެއް ލިބޭނީ ކޮންތާކުންތޯ ސުވާލު ކޮށްފިއެވެ.

އާލިއާ ބަލިވެ އިންފަހުން އެންމެ ކާހިތްވަނީ ބެލެވޭ ގޮތުގައި ޕިއްޒާއެވެ. އެހެންވެ އެންމެ މީރު ޕިއްޒާ ވިއްކާ ތަނެއް ހޯދަނީ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ މިހާރު ގުނަމުން އަންނަނީ އޭނާގެ 3 ވަނަ ޓްރިމެސްޓާގެ ދުވަސް ތަކެވެ. އާލިއާ ބަނޑުބޮޑުކަން އިއުލާން ކުރީ އިންސްޓަގްރާމް ގައި ޕޯސްޓް ކުރި ފޮޓޯއަކާއި އެކުގައެވެ.

އާލިއާ އާއި ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އަދި ކައިވެންޏަށް ދެމަސް ނުވަނީސް އާލިއާ ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅުނީ އެމީހުން އެކުގައި ކުޅުނު ފިލްމު "ބްރައްމަސްތުރާ" ގެ ސެޓުންނެވެ. 5 އަހަރުގެ ދިގު މުއަދަތެއް ނެގި ފިލްމު ރިލިޒް ކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ މި ފިލްމު ވެގެން ގޮސްފައިވަނީ ވަރަށް ވެސް ކާމިޔާބު ފިލްމަކަށެވެ. ގިނަ ރެކޯޑްތައް މުގުރަމުން އަންނަ ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރޯނުއެދުރު
އާލިއާ ވަރިހަމަ ކޮންމެ އެއްޗެއް ކެޔަސް ބުޔަސް ވަރިހަމަ ގެރިއެއް ދިރުވާލިޔަސް މީފެން މީހަކު ޚަބަރަކަށް ލިޔާވަރު ވާހަކައެއްތަ؟ ލިޔެލަންވީނު މިހެންވެސް.... އާލިއާ ގޭގެ ފެންޑާމަތިން ބާރުމިނުގައި ހަލުވިކަނޑައެއް ދަތުރު ކުރުމުގެ ސަބަބުން އޭތި ވީނުވީއެއް ނޭންގި ގެއްލިއްޖޭ