އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ އެއާބަސް 321 މަރުކާގެ މަތިންދާ ބޯޓު ދަތުރު ކުރަމުން ދަނިކޮށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެ އަބުރާ ހުޅޭ އެއަރޕޯޓަށް ޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަންގެ މި ބޯޓު އިންޑިއާއަށް ދަތުރު ކުރަމުންދިޔައީ 74 ޕަސެންޖަރުންނާއެކުއެވެ. އަދި މި ބޯޓަށް ކުރިމަތިވީ ހައިޑްރޯލިކް ޕްރެޝާ އިންޑިކޭޓަރާއި ގުޅުންހުރި ޓެކްނިކަލް މައްސަލައެއްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މޯލްޑިވިއަންއިން ހާމަ ކޮށްފައިވާ ގޮތުގައި އެކުންފުނިން މިމައްސަލަ އިތުރަށް ބަލަމުން ދާއިރު، މައްސަލަ ހައްލު ކުރެވެންދެން މި ބޯޓުގެ ދަރުތައްވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. މޯލްޑިވިއަންގެ އޮފިޝަލުންނާ ހަވާލާދީ ލޯކަލް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބޯޓުން ދަތުރުކުރި ހުރިހާ ޕަސެންޖަރުންނަށްވެސް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެ އަރލައިނުން ވަނީ ނިންމާފައެވެ.
މިއަދު މައްސަލަތަކެއް ކުރިމަތިވި، މޯލްޑިވިއަންގެ އެއާބަސް 321 މަރުކާގެ މަތިންދާ ބޯޓަކީ މެއިންޓަނަންސް ޚަރަދު ބޮޑުވެގެން އަބުރާ ފޮނުވާލަން ނިންމާފައިވާ ބޯޓެކެވެ. މި ބޯޓު ކުއްޔަށް ހިފާފާއިވާ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މޭމަހުގެ ނިޔަލަށެވެ.
މޯލްޑިވިއަންއިން ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރުމަށްޓަކާ އެއަބަސް މަރުކާގެ ދެ ބޯޓު ގެންގުޅެއެވެ.
މޯލްޑިވިއަންއަކީ ފަހަަކަށް އައިސް ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އަދި ކުންފުންޏަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މި ކުންފުނި ޕްރައިވެޓައިޒް ކުރުމުގެ ވިސްނުން ގެންގުޅޭކަމަށް މީގެކުރިން ސަރުކާރުން ހާމަ ކޮށްފައި ވެއެވެ. އެހެންނަމަވެސް، ކުންފުނި ހިގާނޭގޮތުގެ އިތުރު މައުލޫމާތެއް ފަހުން ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
One Response
ކުންފުންޏަށްގެއްލުންވާކަމަށްބުނަނީ މަމެންއެއްމެފަހުންޓިކެޓެއްގަތީ 8500.00 ރުފިޔާއަށް ތިޔަކިޔާއެތީގެދެކޮޅެއްނުޖެހެއެވެ މަމެންނަށްރަނގަޅުގޮތެއްވެދާނެތީ މާލެ ޓްރިވަނަޑްރަމަީ ށްއެކަނިމޯލްޑިވިއަންދަތުރުކުރަނީރައްޔިތުންނައްލުއިވެދާނެތީ އިންޑިއާފިލައިޓުނުގެންނަނީއިނޑިޔާފުލައިޓުގައި5ކިލޯބަރުވިޔަސްދޫކޮއްލާމޯލޑވިއަންގައި2.3ކިލޯބަރުވިޔަސްރައްޔިތުންފެލާލަނީ