ބޮޑު މޮޅަކާއެކު އިނގިރޭސިން މުބާރާތް ނިންމާލައިފި

ބޮޑު މޮޅަކާއެކު އިނގިރޭސިން މުބާރާތް ނިންމާލައިފި

ގުޅުންހުރި

ނޭޝަންސްލީގުގައި ގުރޫޕްގައި ކުޅުނު ފަހުމެޗުން އިންގްލޭންޑް މޮޅެއް ހޯދައިފިއެވެ.

ވެންބްލީގައި ކުޅުނުމެޗުން އިންގްލޭންޑް ކުރި ހޯދީ އައިސްލޭންޑްއާ ވާދަކޮށް 4-0 ލަނޑުންނެވެ. މިމެޗުގައި އިންގްލޭންޑް ޕިލްފޮޑެން ދެލަނޑު ޖެހިއިރު އަނެއް ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިކްލޭން ރައިސްގެ އިތުރުން މާސެން މައުންޓްއެވެ. ރައިސް އާއި ޕޯޑެން ކާމިޔާބުކުރި ލަނޑާއެކު މިދެކުޅުންތެރިންވެސް ވަނީ ގައުމީ ޖާޒީގައި ވެންބްލީގައި ފުރަތަމަފަހަރަށް އިންގްލޭންޑްއަށް ލަނޑުޖަހިއިދީފައެވެ.

ޕޯޑަންވެފަވަނީ މެޗެއްގައި އެއްގޯލަށްވުރެ އިތުރަށް ޖެހި އިނގިރޭސީ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ރޭގައި ހޯދާފައެވެ. އެއީ 20 އަހަރާ 174 ދުވަސް ތެރޭގައި ދެލަނޑުރޭގައި ކާމިޔާބުކޮށްދީގެންނެވެ. ވެންބްލީގައި އެންމެފަހުން ކުޅުނު 22 މެޗުގެ ތެރެއިން 20 މެޗު އިންގްލޭންޑްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މި 22 މެޗުގައި އިންގްލޭންޑްއިން ވަނީ 66 ލަނޑު ކާމިޔާބުކޮށްފައެވެ.

އިންގްލޭންޑްއަށް ދެން އެންމެ އަވަހަށްވެސް އޮންނާ މާޗުމަހުގައި ފަށާ ވޯލްޑްކަޕް ކޮލިފައިން މެޗުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *