އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މީރުމާ ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އާދަމް އާޒިމެވެ. އަދި އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން އެވެ. މި އެއްބަސްވުމުގެ ދަށުން، 65 ސްޕީޑް ފެރީއެއް ބަނުމުގެ މަސައްކަތް އަލްޝާލީ މެރިން މޯލްޑިވްސްއާއި އެމްޓީސީސީން ވަނީ ހަވާލު ކޮށްފައެވެ.
އަލްޝާލީ މެރިންއަކީ މިފަންނުގައި ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ. އަދި މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އެއަރ ކޮންޑިޝަން ފެރީ ތަކެކެވެ. މި ފެރީތައް ފަރުމާކުރެވިފައިވާނީ ދަތުރުވެރިންނަށް އެންމެ ހިތް ފަސޭހަކޮށް ދަތުރު ކުރެވޭނެ ގޮތަށެވެ. އާރްޓީއެލް ފެރީތަކަކީ ހިތްފަސޭހަވުމުގެ އިތުރުން، ޖީބަށް ލުއި، އެ ޚިދުމަތަކަށް ރައްޔިތުންނަށް ބަރޯސާވެވޭނެ ޝެޑިއުލްއެއް ކަނޑައެޅިފައިވާ ޚިދުމަތެކެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ފާޙާނާއާއި، ރޭމްޕަކާއި، ސްޓްރެޗަރ އާއި ފުރޮޅުލީ ގޮނޑި ބަހައްޓާނެ ޖާގަ މި ފެރީތަކުގައި ހުންނާނެއެވެ.
MTCC has contracted Al Shaali Marine Maldives Private Limited to manufacture and supply additional ferries required for the implementation of the Phase 2 and 3 of the Integrated National Public Ferry Network Project
Press Release: https://t.co/N83ibs7Dql pic.twitter.com/S1AGWqtylX
— MTCC Plc (@MTCCPlc) September 15, 2022
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ 1 ވަނަ ފިޔަވަހީގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފަ ށާފައެވެ. އަދި މި މަޝްރޫޢުގެ 2 އަދި 3 ވަނަ ފިޔަވަހީގައި ހިމެނޭ 17 އަތޮޅަށް ޚި ދުމަތް ދޭން ފެށުމާއިއެކު މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ.
މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، މަޤްސަދަކީ ރައްޔިތުންގެ އިތުބާރުއޮތް ކަނޑާއި އެއްގަމު ދަތުރުފަތުރު ގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.