ރައީސް ހޯރަފުއްޓަށް މިއަދު ވަޑައިގަންނަވަނީ

ރައީސް ހޯރަފުއްޓަށް މިއަދު ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 09:51
0

ހޯރަފުށީ އެއާރޕޯޓް ރަސްމީކޮށް ހުޅުވުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފައިވާތީ، މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅުވަނީ ކެންސަލް ކުރައްވާފައެވެ. ރައީސް ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު އެކެއް ޖަހާއިރުގައެވެ. ހއ.ހޯރަފުށީ ގައި ގާއިމްކޮށްފައިވާ އެއާރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރި ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި، ނިމުމުން އެތަނުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ. މިއީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާ އެކު ތަރައްގީކުރި އެއަރޕޯޓެކެވެ. ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ މިއަދު ޓެސްޓު ފްލައިޓް ޖެއްސުމާއި އެކު، މާދަމާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާ ޝެޑިއުލް ދަތުރުފެށޭނެކަމަށެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.