އާމްދަނީގެ 60 އިންސައްތަ ހޭދަކުރީ ރައްޔިތުންގެ ކުރިމަގަށް: ޤާސިމް

އާމްދަނީގެ 60 އިންސައްތަ ހޭދަކުރީ ރައްޔިތުންގެ ކުރިމަގަށް: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2022 08:52
0

ހަޔާތުގައި ކުރި މަސައްކަތުން ލިބުނު އާމްދަނީގެ 60 އިންސައްތަ ހޭދަ ކުރީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް ވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އާމްދަނީން ރައްޔިތުންގެ ޚިދުމަތަށް ކުރައްވާ ހޭދަތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވާފައެވެ. ޤާސިމް ވިދާޅުވީ އުމުރުން 70 އަހަރަށްވުރެ މައްޗަށް ގޮސްފައިވާއިރު ލިބުނު އާމްދަނީގެ ތެރެއިން ބޮޑު ހިއްސާއެއް އަދާކުރީ ރައްޔިތުންނަށް ކަމަށެވެ.

އަބަދުވެސް މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންގެ އެދުންތަކާއި މަންފާއާއި ކުރިއެރުން ހޯދަންކަމަށް ޤާސިމް ވިދާޅުވިއެވެ. އާމްދަނީން އަމިއްލަ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށް ހޭދަކޮށްފައިވަނީ 40 އިންސައްތަ ކަމަށް ޤާސިމް ވިދާޅުވިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް މިހަގީގަތަކީ ބަދަލު ކޮށްލެވޭނެ ހަގީގަތެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއް ނޫންކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ކުރައްވާފައިވާނީވެސް ސިޔާސީ ގޮތުން އަމިއްލަ މީހާ ހޯދަންޖެހޭ ކުރިއެރުން ހޯދުމަށް ނޫންކަމަށެވެ.

އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް. ސިޔާސީ މީހެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާނަމަ އަޅުގަނޑުގެ ޒިންދަގީ ދުއްވާލާނެ ނޫންތޯ.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ބޭފުޅަކާއިމެދު އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ. ކައުންސިލުން ނިންމާ ކޮންމެ ގޮތަކަށް ތާއީދު ކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ވެރިކަން ހޯދުމުގެ ދަހިވަތެ ކަމުގައި އެހެން ސިޔާސީ ޕާޓީއަކަށް ވަޑައިގެން އެހެން ޕާޓީއެއްގެ ޓިކެޓްގައި ވާދަ ނުކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަލޯ
ކާސިިމުސޭޓަކީީ އަމިއްލައެދުމުންފުރިންގެންވާާ މީހެއްް އެހެންމީހަކައްް ހެވެއްލާބަޔަކައްް އެއްވެސްކަމެއްކޮށެއްނުދޭނެެ އަބަދުވެސްް އުޅޭނީީ ހީލަތްތެރިކަމާއިއެކުު ކޮންމެސްް ގޮތަކުންް އަމިއްލަަ އައްއެއްޗެއްހޯދޭތޯޯ