ބޮޑުތިލަދުންމަތިން އާރުޓީއެލް ފެރީގެ ޚިދުމަތް 50،000 އަށްވުރެ ގިނަ މީހުން ހޯދައިފި

ބޮޑުތިލަދުންމަތިން އާރުޓީއެލް ފެރީގެ ޚިދުމަތް 50،000 އަށްވުރެ ގިނަ މީހުން ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2022 11:14
0

މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ ފެރީ ނިޒާމު، އާރުޓީއެލްގެ ޚިދުމަތް ބޮޑު ތިލަދުންމަތިން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ރާއްޖޭގެ ރަށްތައް އޮތްގޮތުން، އެއް ރަށުން ނުލިބޭ ޚިދުމަތްތަކާއި ވަސީލަތްތައް ކައިރީގައި އޮންނަ އެހެން ރަށްތަކުން ލިބެންހުރިކަމަށެވެ. އެގޮތުން އާމްދަނީ ހޯދުމަށް ކުދި ވިޔަފާރިތައް ކުރާ ރަށްތައް ހުރިކަމަށާއި، އާރްޓީއެލް ނިޒާމު ގުޅާލަދެނީ، މި ތަކެތި ފަސޭހައިން އެއްރަށުން އަނެއްރަށަށް ގެންގޮސް ފަސޭހައިން އާމްދަނީ ހޯދޭނެ ގޮތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ތަކަން-މާރަންދޫގެ ހިކަނދި ރާނބާ، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް، ރަށްތަކުން އިންތިޒާރުކުރޭ. އަދި މިނޫނަސް، އެތަށް ރަށެއްގެ އާދަޔާ ޚިލާފް "މާދަރީ އުފެއްދުން ހުރޭ". އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި، އެރަށަކަށް އެރަށެއްގެ އަގު، އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ޚިދުމަތަކެއްގެ ތަޞައްވުރަކީ، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުންކަމަށެވެ. އެގޮތުން ފަށާފައި އާރްޓީއެލް ނިޒާމާއެކު ބޮޑު ތިލަދުންމަތީގެ ހުރިހާ ރަށްތައް މިހާރު ގުޅާލެވި، އޭގެ މަންފާ ރައްޔިތުންނަށް ފުރިހަމައަށް ލިބެމުންދާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތައް މި ނިޒާމުން ގުޅާލުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. .

އާރްޓީޢެލްގެ ބާރުދުވެއްޔާ، އަރާމު އުޅަނދު ފަހަރުން ބޮޑު ތިލަދުންމަތި އެއްކޮށް ގުޅާ، އަމުނާ، ގަތާ، ބަދަހިކޮށްފި. އަޅުގަނޑު މިދެންނެވި ގޮތަށް އެޞަރަހައްދުގެ 41 ރަށް އެދަނީ ދުވާލު ދެދަޅައަށް އެއްވެ ގުޅެމުން. ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރި ދަތުރު، 60 އިން 100 އަށް ތިރިވެއްޖެ. މިހާތަނަށް 50,000 އަށް ވުރެ ގިނަ މީހުން ދަތުރަށް އަރައިފި.

– ރައީސް ވިދާޅުވިއެވެ.

އާރްޓީއެލްގެ ޚިދުމަތަށް 3 މަސް ދުވަސް ވެފައިވާއިރު، މިހާރު މި ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް ވަނީ ވެފައެވެ. މި ޚިދުމަތް މެދުނުކެނޑި ހަފްތާގެ ކޮންމެ ދުވަހަކުންވެސް އަންނަނީ ލިބެމުންނެވެ.

އާރްޓީއެލް ނިޒާމާއެކު ދަތުރުފަތުރަށް ކުރާ ހޭދަ އެތައް ގުނައަކުން ވަނީ ކުޑަވެފައެވެ. ބޭސްފަރުވާގެ ޚިދުމަތްތަކާއި، ވިޔަފާރީގެ ޚިދުމަތްތައް ފަސޭހަ ނިޒާމަކުން ވަނީ ގުޅާލެވިފައެވެ. އިތުރު ޒޯންތަކަށް ޚިދުމަތް ފެށުމަށް ބޭނުންވާ 65 ފެރީ ބަނުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުބެ
އެދުވަހުކުޅުދުއްފުށިން ފުރައިގެން ކުޅުދުއް ފުއްޓަށް އާދެވޭގޮތެއް ތިޔަފެރީނިޒާމުގަ އެބައޮތްތަ؟ އެހެން ވީމަ ކުޅުދުއްފުށި ބާކީ ވީ! ތުންފުހޭފޮތިކޮޅު ކޮންމެސަރުކާރެއްގެވެސް ތުންފުހޭފޮތި ކޮޅު!