ވިކީ އަކީ އަހަރެންގެ "ރާޑަރަށް" ވެސް އެރި މީހެއް ނޫން: ކެޓްރީނާ

ވިކީ އަކީ އަހަރެންގެ "ރާޑަރަށް" ވެސް އެރި މީހެއް ނޫން: ކެޓްރީނާ

Author
ފާތިމަތު ނާވީ
09 ސެޕްޓެމްބަރ 2022 07:17
0

ވިކީ ކޯޝާލް އަކީ މިހާރު ކެޓްރީނާ ގެ ހަޔާތުގެ ބައިވެރިއާ ކަމުގައި ވީނަމަވެސް އެކަން އެހެން ދިމާވީ ތަގުދީރުގައި ލިޔެވިފައި އޮތުމުން ކަމަށް ކެޓްރީނާ ބުނެފިއެވެ.

އޭނާ ބުނެފައިވަނީ ވިކީ އަކީ ކުރިން އޭނާގެ ރާޑަރަށް ވެސް އެރި މީހެއް ނޫން ކަމަށާއި، ވިކީ އަކީ އެހާ ދަންނަ މީހެއް ވެސް ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

ވާހަކަތަށް ކެތްރީނާ ދައްކަިއފައިވަނީ މިހާރު ގެނެސްދޭ "ކޮފީވިތް ކަރަން"ގެ 7 ސީޒަން ގައި ވާހަކަ ދައްކަމުނެނވެ. އެ ޝޯވ ގައި ކެޓްރީނާ ބައިވެރިވީ އޭނާ ގެ ކުރިއަށް އޮތް ފިލްމް ގެ ދެ ކޯ- ސްޓާރުން ކަމުގައިވާ އިޝާން ކައްޓަރު އާއި ސިދާތް ޗަކްރުވޭދީ އާއި އެކުގައިއެވެ. މި ޝޯވ ގައި އެމީހުންބައިވެރިވީ އއެމީހުން ކުރިއަށް އޮތް ފިލްމް "ފޯން ބޫތް" ގެ ޕްރޮމޯޝަން އަށެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މި ޝޯ ގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުނެފައިވަނީ ވިކީ އާއި އެކުގައި އެއްވެސް މަސައްކަތެއްވެސް ނުކުރާ ކަމަށެވެ. އަދި ވިކީއާ 2019 ގައި ރައްޓެހިވުމުގެ ކުރިން ބޮލިވުޑްގެ ނަން ހިނގާ ދެ އެކްތަޓަރުން ކަމުގައިވާ ރަންބީރް ކަޕޫރާއި ސަލްމާން ޚާނާ ވެސް ކެޓްރީނާ ރައްޓެހިވި އެވެ.

39 އަހަރުގެ ބަތަލާ ބުނީ ކަިއވެނި ކުރަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅަށް ނިންމުނު ނިންމުމެއް ކަމަށެވެ. އަދި ހަޔާތް ބާއްޖަވެރި ކަމަށާއި އުފާވރި ކަމަށ ްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ވިކީ އާއި ކެޓްރީނާ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ގަ އެވެ. އަދި ކައިވެންޏާ ހަމައަށް ވެސް އެ ދެ މީހުން އުޅުނީ ގުޅުން ސިއްރުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.