ބޭންކް އޮފް މޯލްޑިވްސް އިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް އެކަންޏެވެ. މިގޮތުން މި ފިޔަވަހީގައި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޖުމްލަ 10 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނޭ ދާއިތާރަކަކީ، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ދާއިރާތަކެވެ.
މި ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވާ ޕްރޮޕޯސަލްތަކުގައި ހިމެނޭ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަސް ކޮންމެ ޕްރޮޖެކްޓަކަށްވެސް 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މިއަހަރުގެ ތިންވަ ފިޔަވަހީގެ ކޮމިއުނިޓީ ފަންޑަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލްތަކާއި އަދި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭ ގޮތަށްވެސް ބޭންކުންވަނީ ހަމަޖައްސާފައެވެ. އީމެއް މެދުވެރިކޮށް ޕްރިޕޯސަލް ހުށަހަޅަންޖެހެނީ [email protected] އަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެބޭންކުން އެކުލަވާލާފައިވާ ފަންޑެކެވެ. ބޭންކުންވަނީ މިހާތަނަށް މި ފަންޑުން 70 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ