އާލިއާ މިފަހަރު ތަފާތުކޮށް

އާލިއާ މިފަހަރު ތަފާތުކޮށް

Author
ފާތިމަތު ނާވީ
05 ސެޕްޓެމްބަރ 2022 07:55
0

މިމަހުގެ 9 ވަނަ ދުވަހު ރިލީޒް ކުރާ، އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ ފިލްމު "ބްރައްމަސްތުރާ" ގެ ޕްރޮމޯޝަން އިވެންޓެއް ހައިދަރްއާބާދުގައި ކުރިއަށް ދިޔައިރު އާލިއާ ފެނިގެންދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ.

މި އިވެންޓްގައި އާލިއާ ވަނީ ރަންބީރު ކަޕޫރަށް އަދި އިވެންޓަށް ހާޒިރުވީ އެންމެންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދީފައެވެ.

ފިޔާތޮށި ކުލައިގެ ޝާރާރާ ސެޓެއްގައި އާލިއާ ފެނިގެންދިއަ އިރުގައި މި ހެދުމަކީ އަބޫ ސަންދީޕްގެ ކޮސްޓިއުމެކެވެ. ހެދުމުގެ އެންމެ ހާއްސަ ބަޔަކީ ހެދުމުގެ ފުރަގަހެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މި ހެދުމަކީ ކަސްޓަމް މެއިޑް ހެދުމެކެވެ. ހެދުމުގެ ފަހަތުގައި އެމްބްރޮއިޑަރީން "ބޭބީ އޮން ބޯޑް" ވަނީ ޖަަހައިފައެވެ. އަދި އިވެންޓްގެ ތެރެއިން އާލިއާ ވަނީ ފަހަތަށް އެނބުރި ހެދުން ދައްކައިލާފައެވެ.

އެއާއެކުގައި ރަންބީރަށް ވެސް ލިބުނީ ޝޮކެކެވެ. އަދި އިވެންޓްގައި ތިބި މީހުން ހަޅޭއްލައިގަނެ އުފާ ފާޅުކުރިއެވެ. މީގެ އިތުރުން ރަންބީރު ވެސް ރަކިވިތަން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ވަނީ ފެނިގެން ގޮސްފައެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބްރައްމަސްތުރާ: ޕާޓް ވަން – ޝިވާ" ގެ ލީޑު ތަރިންނަކީ ދެމަފިރިން ކަމަށްވާ ރަންބީރާއި އާލިއާއެވެ.

2018 ގައި ޝޫޓިން ފެށި ފިލްމު "ބްރައްމަސްތުރާ"ގެ މުހިންމު ތަރިންގެ ތެރޭގައި އަމިތާބް، މޯނީރޯއީގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރު ނާގަ އަރުޖުނާ އަކިނޭނީ އާއި ޑިމްޕަލް ކަޕާޑިއާ ހިމެނެއެވެ. އަދި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.