ސާރފިން ބޯޑުގައި ދަތުރުކުރަނިކޮށް ގެއްލުނު މީހުން ފެނިއްޖެ

ސާރފިން ބޯޑުގައި ދަތުރުކުރަނިކޮށް ގެއްލުނު މީހުން ފެނިއްޖެ

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 01:49
0

ވިންޑްސާރފިން ބޯޑެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ދެމީހުން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހުން ކޯސްޓްގާޑަށް މިހާރު ނަގާފައިވާކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ބަލަމުންދާކަމަށެވެ.

ވިންޑުސާރފިންގ ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫއަށް ދަތުރުކުރި 2 ދިވެހިންގެ ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާއިރު މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު ކުރީ 11:30 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިދުވަސްވަރަކީ މުސުން ގޯސް ދުވަސްވަރެއްކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.