އިލްމް އިންސްޓިޓިއުޓުން ޢަރަބި ބަހުގެ ޚާއްސަ ޕްރޮގްރާމްތަކެއް އިއުލާނުކޮށްފި

އިލްމް އިންސްޓިޓިއުޓުން ޢަރަބި ބަހުގެ ޚާއްސަ ޕްރޮގްރާމްތަކެއް އިއުލާނުކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2022 04:35
0

މިއަހަރުގެ ސެޕްޓެމްބަރ އިންޓޭކުގައި ފެށުމަށް އަމާޒުކޮށް އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއިން ޢަރަބި ބަހުގެ ޚާއްސަ ޕްރޮގްރާމްތަކެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮގްރާމްތަކަކީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގެ މުޤައްރަރަށް ފަރުމާކޮށް، ލެވެލް 1 އިން ޑިޕްލޮމާއާ ހަމަޔަށް ތަރުތީބުކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. ނަމަވެސް، މި މަހު ފުރުސަތު ހުޅުވާލާފައިވަނީ، ޢަރަބި ބަހުގެ ލެވެލް 1، ލެވެލް 2 އަދި ލެވެލް 3ށެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ޢަރަބި ބަހުގެ ބައިތަކުގެ އިތުރުން، ޝަރުޢީ ޢިލްމުތަކުގެ އަސާސީ ބައިތައްވެސް ހިމަނާފައިވެއެވެ.

އިލްމް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމްތަކުގެ އަމާޒަކީ ލެވެލް 1 އިން ޑިޕްލޮމާއާ ހަމަޔަށް ފުރިހަމަކޮށް ނިމޭއިރު، ޢަރަބި ބަހުން ބެޗިލަރސް ޑިގްރީ ފުރިހަމަކުރެވޭ މިންވަރަށް ދަރިވަރުން ތަމްރީނުކުރުމެވެ. އިލްމް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ފިރުޒުލް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްތަކަކީ، އިންސްޓިޓިއުޓްގެ އެންމެ މައިގަނޑު އެއް އަމާޒުކަމުގައިވާ ޝަރުޢީ ޢިލްމުތަކާއި ޢަރަބި ބަހުގެ ޢިލްމުތައް މަތީ ފެންވަރެއްގައި އުނގެނުމުގެ މަގު ތަނަވަސްކޮށްދިނުމުގެ އަމާޒަށް ވާސިލުވުމުގެ ފުރަތަމަ ބޮޅެވެ.

އުއްމީދަކީ މާތް ކަލާންގެ ވާގިފުޅާއެކު، މި ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގައި ޢަރަބި ބަސް އުނގަންނައިދިނުމަށް ހިންގާ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ކާމިޔާބު ޕްރޮގްރާމަށް ހެދުން.

– މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

އެމް.ކިޔޫ.އޭ. އިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށް، މި ޕްރޮގްރާމްތަކުގެ ކިޔެވުން ކުރިޔަށްދާނީ ހާޒިރުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.