އޭނާއާ ބެހޭގޮތުން ފޭކު ވާހަކަތަށް މީޑިއާއިން ފެތުރި ކަމުގަިއ ވިޔަސް އަޅައި ނުލާކަމަށާއި އެކަންކަމާ ގުޅޭގޮތުން ވާހަކަވެސް ނުދައްކާ ކަމަށް އާލިއާ ބުނެފިއެވެ.
މީޑިއާށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ އޭނާއޭ ކިޔައިގެން ފަތުރާ އެއްވެސް ހަގީގަތެއް ނެތް ނުވަތަ ފޭކް ނިއުސް އާއި މެދުގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށެވެ. އަދި އެކަމާ އޭނާ އެއްވެސް ވަރަކަށް އަޅައި ނުލާ ކަމަށްވެސް ވަނި ބުނެފައެވެ.
ނަމަވެސް އޭނާ ބަނޑު ބޮޑުވުމުން އެކަން އިއުލާން ކުރުމުން ފެތުރި ޚަބަރުތަކުގެ ސަބަބުން ވަރަށް ހިތްހަމަ ނުޖެހުން ކަމަށާއި އެވާހަކަތަކަށް ކޮމެންޓް ކުރީ ޒުވާން ޖީލާއި މެދުގައި ވިސްނާލާފައި އެއްޗެއް ނުބުނެ ނުހުރެވިގެން ކަމަށްވެސް ބުނެފައި ވެއެވެ.
"އަހަރެން ބަނޑުބޮޑު ވެގެން ފިރިމީހާ ބަލައިދާން ޖެހޭ ސަބަބެއް ނެތް. ބަލިވެ އިނުމަކީ ނެޗުރަލް ކަމެއް. ބަލިވެ އިން ފުރަތަމަ ދުވަސްކޮޅު ވަރަށް ހޮޑުލެވުން. އެކަމަކު ފިލްމުގެ ޝޫޓިންތައް ބަރާބަރަށް ކުރިއަށް ގެންދިޔައިން. ބަލިވެ އިނުމަކީ ކެރިއަރު ހަލާކުވެ އެހެންމީހުންގެ އެހީ އާއި ނުލާ ނޫޅެވޭ ވަރުގެ ކަމެއް ނޫން. ވާހަކަ ފެތުރި އިރު ހީވަނީ އަހަރެންނަށް އަމިއްލައަށް މަތިންދާ ބޯޓެއްގެ ގޮނޑީގައި ވެސް އިށީނދެ ނީނދެވޭހެން. އެހާވެސް ބޮޑު ކޮށްލައިގެން ޚަބަރު ގެެނެސްދިނީ."
– އާލިއާ
އޭރުވެސް އޭނާ އެވާހަކަތަކާއި ދެކޮޅަށް ތެދުވި ކަމަށާއި އެކަހަލަ ވާހަކަ ފެތުރުން އެއީ އެއްވެސް ގޮތަކަށް އެދެވިގެންވާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާއަށް ޔަގީން ކުރެވޭ ގޮތުގައި އެ ޚަބަރު ލިޔާނީ ކޮންމެވެސް އަންހެނެއް ކަމަށް ވެސް އާލިއާ ވަނީ ބުނެފައެވެ.
އާލިއާ މިހާރު އަންނަނީ އޭނާ އާއި ފިރިމީހާ ރަންބީރު ކަޕުރު އެކުގައި ފެނިގެންދާ ފިލްމު "ބްރަމަސްތުރާ" ގެ ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ. ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.