ޕްރިޔަންކާގެ ދަރިފުޅަށް މިހާރު ނަށަން އެނގޭ

ޕްރިޔަންކާގެ ދަރިފުޅަށް މިހާރު ނަށަން އެނގޭ

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2022 07:01
0

ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ދަރިފުޅު މާލްތީ މެރީ ޗޯޕްޅާ ޖޯނަސް ނަށާ ވީޑީއޯއެއް އިއްޔެގެ ވަގުތެއްގައި ޕްރިޔަންކާ ހިއްސާ ކޮށްފިއެެވެ.

މި ވީޑިއޯގައި ޕީސީގެ ދަރިފުޅު މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ "ސަސުރާލް ގެންދަ ޕޫލް" އަށް ތެޅެމުންދާތަން ފެނެއެވެ. އަދި ޕްރިޔަންކާ ހޭ އަޑުވެސް ވީޑިއޯއިން އިވެއެވެ. އެެ ލަވަ އަކީ އަބީޝެކް ބައްޗަނާއި ސޯނަމް ކަޕޫރްގެ 2009ގެ ފިލްމު "ދިއްލީ 6″ ގެ ލަވައެކެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ޕްރިޔަންކާ އާއި ލަވަކިއުންތެރިއާ ނިކް ޖޯނަސްއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުނީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ސަރޮގޮސީ ކޮށްގެން ހޯދި މި ކުއްޖާއަށް އެމީހުން ލޯބިން ކިޔަނީ އެމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.