ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ވީއައިއޭއިން ދެ މީހުން ހިފަހައްޓައިފި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ވީއައިއޭއިން ދެ މީހުން ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2022 07:32
0

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދެ މީހަކު ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިނަމަވެސް، އެމީހުން ހާޒިރު ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކޮން ވަގުތަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މިވަގުތު އެމީހުން ދޫކޮށްފައިވާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ވީއައިއޭއިން ދެ ބިދޭސީއަކު ފުލުހަށް ހާޒިރު ކޮށްފައިވާއިރު، އެނގިފައިވާ ގޮތުގައި އެއީ އިންޑިއާ ދެ މީހެކެވެ. އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ ޖާސޫސް ކުރަން އެއާޕޯޓު ތެރޭގައި ކެމެރާ ހަރުކޮށްގެން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.