އާލިއާ މިފަރު ފެނުނީ ވަރަށް ތުނި ހެދުމެއްގައި

އާލިއާ މިފަރު ފެނުނީ ވަރަށް ތުނި ހެދުމެއްގައި

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2022 02:59
0

ބޮލިވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބަނޑުބޮޑުކަން އިއުލާން ކުރީ މީގެ ދެމަހެއްހާ ދުވަސް ކުރިން، އޭނާ އާއި އެކްޓަރު ރަންބީރު ކަޕޫރު ކައިވެނި ކުރިތާ ދެމަސް ވެސް ނުވަނީހެވެ.

މިހާރު އާލިއާ އާއި ރަންބީރު އުޅެނީ އެމީހުން އެކުގައި ކުޅުނު ފިލްމު "ބްރަމަސްތުރާ" ގެ ޕްރޮމޯޝަންގައި ވަރަށް އަވަދިނެތިއެވެ. އެމީހުން އަންނަނީ އެކި އެކި ތަންތާގައި ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ބަނޑުބޮޑުވިކަން އިއުލާންކުރިފަހުން މީޑިއާއާ ކޮންމެސް ވަރަކަށް ފިލައިގެން އުޅުން ނަމަވެސް އޭނާ ވަނީ މިހާރު ވަރަށް މީޑިއާއާ ގާތްވެފައެވެ. މީގެކުރިން ވަރަށް ދޫ ހެދުންތަކުގައި ފެނުނު އާލިއާ މިހާރު ފެންނަނީ ވަރަށް ބާރު ހެދުމުގައެވެ. އަދި ހަމަ އެއާއެކުގައި އެންމެ ފަހުން ފިލްމުގެ ޕްރޮމޯޝަނަށް އޭނާ ވަނީ ވަރަށް ތުނި ހެދުމެއް ލައިފައެވެ.

ފިޔާތޮށި ކުލައިގެ ވަރަށް ތުނި ހެދުމެއްގައި، އާލިއާއާއި ރަންބީރު އެކުގައި ފިލްމުގެ ޕްރޮމޯޝަނަށް، މެހެބޫބް ސުޓޫޑިއޯގެ ބޭރުގައި ފޮޓޯނެގުމަށް މީޑިއާއަށް ވަނީ ދައުވަތު ދީފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އަޔާން މުކަރުޖީ ޑައިރެކްޓްކޮށް ނެރެން ތައްޔާރުވެފައިވާ "ބްރަމަސްތުރާ" އަކީ އާލިއާ އާއި ރަންބީރަށް އެތައް ގޮތަކުން ހާއްސަ ފިލްމެކެވެ. އެމީހުން ދިމާވެ ލޯބީީގެ ގޮތުން ގުޅުނީ އެ ފިލްމުގެ ސެޓުންނެވެ. އަދި މިހާރު ކައިވެނިކޮށް އާލިއާ އިނީވެސް އަލަތު ދަރިފުޅަށް ބަލިވެއެވެ.

އާލިއާ އާއި ރަންބީރުގެ ފިލްމުގެ މުހިންމު ރޯލުތަކުން އަމިތާބް ބައްޗަން އާއި މޯނީ ރޯއި އަދި ނާގަ އަރުޖުނާ ވެސް ފެނިގެންދާނެވެ. ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.