ފިހާރައެއްގެ ތެރޭގައި 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

ފިހާރައެއްގެ ތެރޭގައި 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2022 09:28
0

ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ފުލުހުންގެ ހިދުމަތުން ބުނީ މާލޭގައި ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ހުށައެޅީ އިއްޔެ ކަަމަށްވެސް ބުންޏެވެ.

މައްސަލައިގެ ތަފްސީލެއް ނުދީ ބުނީ މައްސަލައިގެ ތުހުމަތަށް އުމުރުން 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ބަންގްލަދޭޝް މީހެއް ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އެ ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހައިވަކަރު
ރާއްޖޭގައި ހިންގަމުންދާ ޖިންސީގޯނާ ތަކާއި، ޖިންސީ ފުރައްސާރައާއި، ފިރިހެންކުޅީގެ ނުރައްކަލާއި، ގަތުލު ޢާންމާއި ، މަގުމަތީގެ ޝަރީޢަތާއި، މާލެތެރޭގައި އުފެދިފައިވާ ބިރުވެރިކަމާއި ނާމާންކަން ހުއްޓުވައި މާލެއާއި މުޅި ރާއްޖޭގައިމެ އަމާން މާޙައުލެއް ޤާއިމުކޮށް އެކުވެރި ސާފު ވެއްޓެއް ޤާއިމުކުރުމާ ބެހޭގޮތުން ސަރުކާރު ހޭލުންތެރިކުރުވުޕުގެ ޕްރޮގްރާމް ތަކެއް ހިންގަން ރައްޔިތުންގެމައްޗަށް ވާޖިބުވެއްޖެ ކަމަށްފެނޭ !