ޒުވާން ބަތަލާ އާލިއާ ބަޓާއި ފިރިމީހާ ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަމަސްތުރާ" އަންނަ މަހު ސިނަމާތަކުގައި ރިލީޒް ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
ދެމަފިރިން އެކުގައި ކުޅުނު މި ފިލްމު ނިންމުމަށް 5 އަހަރުގެ ދިގު މުއްދަތެއް ހޭދަވިއެވެ. ރަންބީރުގެ ވަރަށް ގާތް ރަހުމަތެރިއެއް ކަމުގައި އަޔާން މުކަރްޖީ ޑައިރެކްޓް ކޮށްފައިވާ ފިލްމުން އޭ ލިސްޓްގެ ތަރިން ތަކެއް ފެނިގެން ދާނެއެވެ.
ފިލްމް ރިލިޒް ކުރުމަށް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށެވެ. ފިލްމު ރިލީޒް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެއާއެކުގައި ފިލްމްގެ ޕްރޮމޯޝަންތައް ވެސް ވަރަށް ބާރަށް ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.
ކޯވިޑްގެ ތެރޭގައި ސަލާމަތީ ފިޔަވަޅު އެޅުމުގެ ގޮތުން ސިނަމާތައް ބަންދުކުރުމުގެ ސަބަބުން ބޮލީވުޑް ވަނީ ވަރަށް ބޮޑު ގެއްލުމެއްގެ ތެރެއަށް ވެއްޓިފައެވެ. ކަންކަން ހަމައަކަށް އެޅި އަލުން ސިނަމާގައި ފިލްމު އަޅުވަން ފަށާފައިވަނީ މިއަރު ފެށުން ފަހުންނެވެ.
ނަމަވެސް އަނެއްކާވެސް މިވަނީ ބޮލީވުޑަށް އިތުރު ކަންތައް ގަނޑެއް ކުރިމަތިވެފައެވެ. އެއީ ސޯޝަލް މީޑިއާގައި ފިލްްމު ބޮއިކޮޓް ކުރުމަށް ގޮވާލައި ފިލްމުތަށް ބަލަން ވަންނަ މީހުން މަދުކުރުމުގެ ކެމްޕެއިނެވެ. މި ކެމްޕެއިންގެ ސަބަބުން ގިނަ ފިލްމް ތަކެއް އަންނަނީ ސިންމާތަކުގައި ގެއްލުމާއި ކުރިމަތި ލަމުންނެވެ.
އެގޮތުން ބޮޑެތި ތަރިން ކަމުގައިވާ އާމިރުގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭގެ ފިލްމު " ރަކްޝާބަންދަން" އަށް ވެސް ވަނީ މީގެ ހިޔަނި ވަރަށް ބޮޑަށް އެޅިފައެވެ. އެހެން ކަމުން ފިލްމުތައް ސިނަމާއިން ނަގަން ޖެހެނީ ފްލޮޕް ބޯޑު އަޅުވައިގެންނެވެ.
މިހާރު ގޮވަމުން އަންނަނީ އާލިއާ އާއި ރަންބީރުގެ "ބްރަމަސްތުރާ" ބޮއިކޮޓް ކުރުމަށެވެ. މި ކަމަށް ރައްދު ދީ ވަހަކަ ދައްކަމުން އާލިއާ ބުނެފައިވަނީ އޭނާގެ ފިލްމާއި އޭނާ ކަމުނުދާ މީހުން ފިލްމު ބަލަން ނުވަންނާނީ ކަމަށެވެ.
އާލިއާގެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވަމުން ދަނީ ނެޕޮޓިޒަމާއި ގުޅުވައިގެންނެވެ. އަދި އާއިލީ ނުފޫޒުގެ ސަބަބުން ފިލްމު ލިބޭ ކަމަށް ބުނެ އަންނަނީ ފާޑު ކިޔަމުންނެވެ. އެފާޑުކިއުން ތަކަށް އޭނާ ބުނީ ޖަވާބު ދޭނީ ފިލްމު ތަކުގައި މޮޅު އެކްޓިންއެއް ދައްކައިގެން ކަމަށެވެ.
ނަމަވެސް އާލިއާ ބުނަނީ ގަދަބަސް ކަމަށާއި އެގޮތަށް ކުރިން ކަރީނާ ކަޕޫރު ވެސް ގަދަބަސް ބުނިކަމަށް ބުނެ މީހާރު އަންނަނީ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވައިރަލް ކުރަމުންނެވެ. އަދި އެދުވަސް އާލިއާއަށް ވެސް ދުރު ނޫން ކަމަށް ވަނީ ބުނެފައެވެ.
"ބްރަމަސްތުރާ" އަކީ އުންމީދީ ފިލްމެކެވެ. އެއީ މިފަދަ ސުޕަ ޕަވާ ކަންތައްތަކެއް ދައްކުވައިދޭ ގޮތަކަށް އިންޑިއާގައި އުފެއްދި ފުރަތަމަ ފިލްމެވެ. އާލިއާ އާއި ރަންބީރުގެ އިތުރުން އަމީތާބް ބައްޗަން ، މޯނީ ރޯއީ އަދި ނާގަ އަރުޖުނާ ވެސް މި ފިލްމުގެ މުހިންމު ރޯލު ތަކުން ފެނިގެން ދާނެއެވެ.