އެމްޑީޕީގެ ހުރިހާ މެންބަރުންނާއެކު ނޫނީ ރިޔާސީ އިންތިހާބަށް ނުކުންނަވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންނެވި ކޮންގްރެސްގެ މާލަމުގައި ނަޝީދު މިއަދު ވިދާޅުވީ, މިހާރު އެމްޑީޕީ މިތި ގޮތަށް ތިބެއްޖެނަމަ, އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ތެރޭން އެތައް ބަޔަކަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނުނު ކަމުގައިވީ ނަމަވެސް, އެއީ ހަމައެކަނި އެމްޑީޕީގެ އުއްމީދު ކަމަށެވެ.
ދެން ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ޒައާމަތުގައި ތިބެ ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތްތަކެއް ވިސްނުމަކީ މި ކޮންގްރެސްގެ ވާޖިބެއް, އަޅުގަނޑުމެންގެ ވާޖިބެއް, ރައިސުލްޖުމްހޫރިއްޔާގެ ވެސް މަސްއޫލިއްޔަތެއް, އަޅުގަނޑުގެ ވެސް މަސްއޫލިއްޔަތެއް.
– ނަޝީދު ވިދާޅުވިއެވެ.
ޝީދު ދެން ވިދާޅުވީ ކޮންގްރެސްގައި އެ ވޯޓު ނެގީމަ ނަތީޖާ އޮންނާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ވޯޓު ކާމިޔާބު ނުވި ނަމަވެސް އެހެން ޕާޓީތަކުން ފެނުން ފަދަ ހުތުރު މަންޒަރެއް އެމަނިކުފާނުގެ ފަރާތްޕުޅުން ނުފެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ހުރިހާ މެމްބަރުންނާއެކު ނޫން ގޮތަކަށް ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ޕާޓީގެ މެންބަރުންނާއެކު ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ނިޒާމާ ގުޅޭ ގޮތުން ކޮންގްރެސްގައި ވޯޓު ނެގުމުން އުފެދޭ ހައިޖާނުގެ މަންޒަރު ދެކެން އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ ކަމަށާއި ނަމަވެސް, އެ މަންޒަރު އެމްޑީޕީގެ ތެރޭން ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު އެއްގޮތަކަށްވެސް ނޭދޭން އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެންގެ ޕާޓީެއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ. ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާއެކު ނުނިކުމެވޭނެ.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިހާރު ކުރިއަށްދާ ކޮންގްރެސްގެ މެޖޯރިޓީ ކޮންޓްރޯލްކުރާނެ ކަމަށް ބެލެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިޒާމީ ވޯޓަކަށް ދިއުމަށް ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށް ތާއީދެއް ނުކުރައްވައެވެ.
One Response
ނަސީދުސޯލިހާއެކުނުހުންނވާނަމަސޯލިހަންމާރަގަޅުވާނެކަމަށްފެންނަނީ