ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ނަޝީދު

ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ނަޝީދު

Author
މުޙައްމަދު ޖިމީ
18 އޮގަސްޓް 2022 01:13
0

ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށްކަމަށާއި، އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވެނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަށެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވަނީ ރައީސް ނަޝީދު އެކަންޏެވެ. ދެން ތިއްބެވި ލީޑަރުން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން އެފަދަ ވޯޓެއް ނެގުންކަމަށެވެ. ރައްޔިތުންގެ ގާތުގައ އެހުމަކީ އެކަކަށްވެސް އިންކަރު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރުކަން ކުރެއްވުމަކީ ރައީސް ނަޝީގެ ދުވަސްވީ ހުވަފެންފުޅެކެވެ. އެމަނިކުފާނު އެކަމަށް ވަކާލާތު ކުރައްވާތާ އަހަރުތަކެއް ވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް އިޞްލާހު ހުށައަޅާފައެވެ. ނަމަވެސް އެ އިޞްލާހު ނެންގެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނަޝީދަށް ގޮވާލައްވާފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާލުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިރާސާ
މިހަާރު މިއޮތީ ރައްޔިތުން ބުނެފައި އޮތް ރަގަޅު ގޮތް
ހ ހިލަބެ
މިހާރު ތިހުރީއޮފްކެނޑިފަ ދެންޕޮލިސްކުރިއަސް ތީކޯންޗެއްކަންނޭނގޭމީހަކު ނުހުއްނާނެ ދެންރަނގަޅުވާނީ އޭގެބޮޑުއެްްޗެއް ކަރުގައިއެލުވައިގެން ފާޅުގައި މަގުމައްޗަށްނިކުތުން މަވެސްހާދަ ސަޕޯޓެއްކުރީމޭ ކުރިންވާނުވާނޭނގޭއިރު އެކަމާމިހާރު ވަރަށްހިތާމަކުރަން .
އ އަހުމަދު
މިކަލޭގެ ބޭނުންވާހާ ކަމެއް ކުރަން ރައްޔަތުންގެ ފައިސާ މިލިއަނުން ޚަރަދު ކުރާކަށް ނުޖެހޭ. ދައުލަތް ހިންގުމުގެ ނިޒާމު ކަމުނުގޮސްގެން އުޅެނީ މީނަގެ އައުވާނުންނަށް އެކަނި.