ޝަރީފް ނަޝީދަށް: ކިތަންމެ ވެރިކަން ބޭނުންވިޔަސް މިވަގުތު އެހާ ބޮޑު ޚަރަދެއްކުރަން ހެޔޮނުވާނެ!

ޝަރީފް ނަޝީދަށް: ކިތަންމެ ވެރިކަން ބޭނުންވިޔަސް މިވަގުތު އެހާ ބޮޑު ޚަރަދެއްކުރަން ހެޔޮނުވާނެ!

އިޤްތިޞާދީ ހާލަތު ރަނގަޅު ނޫން ދަނޑިވަޅެއްގައި ބަރުލަމާނީ ނިޒާމް ގެނައުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިީދު ކުރައްވާ މަސައްކަތްޕުޅަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،ކިތަންމެ ވެރިކަމުގެ ދަހިވެތިކަމެއްގައިވިޔަސް 100 މިލިއަން ރުފިޔާ މި ދަތި، ތަދުމަޑު ދުވަސްވަރެއްގައި ޚަރަދުކުރަން ހެޔޮނުވާނެކަމަށެވެ. ހަނގުރާމައިގެ އަސަރު މުޅު ދުނިޔެއަށް ކޮށްފައިވާތީ، ރައްޔިތުން އުޅެނީ އަނގަޔާއި އަތާއި ދިމާނުވެހެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށައަޅަން ނިންމެވި ބަރުލަމާނީ އިސްލާހުތައް އަނބުރާ ގެންދިއުމަށް ރައީސް ޞާލިޙްވެސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާލުވީ އެމަނިކުފާނަށް ގަބޫލުކުރެއްވެނީ މިހާރު އޮންނަ ގޮތަށް ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. އަދި ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮވެފައި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *