ވިއްސާރާގައި ޝައިޚު އަލީ ޒައިދު ސައިކަލުން ކަހާލައިގެން ވެއްޓިއްޖެ

ވިއްސާރާގައި ޝައިޚު އަލީ ޒައިދު ސައިކަލުން ކަހާލައިގެން ވެއްޓިއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ނޮވެމްބަރ 2020 10:43
0

މިރޭ މާލެއަށް ކުރަމުންދާ ވިއްސާރާގައި ޝައިޚު އަލީ ޒައިދު ސައިކަލުން ކަހާލައިގެން ވެއްޓިއްޖެއެވެ.

ޝައިޚު އަލީ ޒައިދު ވިދާޅުވީ މިރޭ ސައިކަލު ޕާކް ކުރަން އުޅެނިކޮށް، މަގުމަތީގައި އަޅާފައިވާ ހޮޅިތަކެއްގައި ސައިކަލު އަޅައިގަނެ ކަހާލައިގެން ގައިމައްޗަށް ސައިކުލު ވެއްޓިފައިވާކަމަށެވެ. ނަމަވެސް އެވަގުތު ކައިރީގައި ހުމީހަކު ވަރަށް އަވަހަށް އޭނާއަހަށް އެހީތެރިކަން ފޯރުކޮށްދެއްވައި ގައިމަތިން ސައިކަލު ނަގާދިންކަމަށެވެ. މިހާދިސާގައި ޝައިޚަށް މާބޮޑު އަނިޔާއެއްނުވެ ވަނީ ސަލާމަތްވެފައެވެ. ޝައިޚު ވަނީ އޭނާއަށް އެވަގުތު އެހީތެރިކަން ފޯރުކޮށްދެއްވީ މީހާއަށް ޝުކުރު ދަންނަވާފައެވެ.

ޝައިޚު އަލީ ޒައިދަކީ ދީނީ ކަންކަމުގައި ރައްޔިތުންނަށް މައުލޫމާތު ދެއްވުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އަދި ދީނާއި ޚިލާފަށް ކުރެވޭ ކަންކަމާއި، އިސްލާމީ އަޤީދާއާއި ދެކޮޅަށް ކުރެވޭ ކަންކަމާއި، ދެކެވޭ ވާހަތަކަށް ވަރަށް ފާޅުގައި ވަކާލާތު ކުރައްވަމުންދާ ޝައިހެކެވެ.

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މޫސުން ގޯސްވެ ރޭ ވަނީ މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައެވެ. ރާއްޖެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމާއި ގުޅިގެން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.