އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖޭގެ ރައްޔިތުން ބޯލަނބަންފެށީ ސޫފި ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޝައިޚުންގެ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒު ވެއްޖެއެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން މަޝްހޫރު އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސެއިން ވިދާޅުވީ ޞައްޚަ ސީދާ އަޤީދާއަކީ ތިމާއަށް ކޮބައިކަން ނޭގޭހާލު ދިވެހިންގެ އަޤީދާ ނުގުޑާނެކަމަށްބުނެ ބާތިލް އަޤީދާތަކަށް ގޮވާލައި ދިވެހިން މަގުފުރައްދަން އުޅޭ މީހުންނާއި، މެދު ދިވެހި ރައްޔިތުން ސަމާލުވާންޖެހޭކަމަށެވެ. ޝާއިޚް ވިދާޅުވީ ދިވެހި މުސްލިމު އުއްމަތުގެ އަޤީދާއަކީ އަހުލު ސުއްނަތު ޖަމާއަތުގެ އަޤީދާކަމަށެވެ. އެއަޤީދާއާއި ކުޅެން ނޫޅުމަށް ޝައިހުވަނީ ގޮވާލާފައެވެ.
Sahha ageedha akee kobaikan neyngey haalu dhivehinge ageedha nugudaaney bune baathil aqeedhaa thakah govaalai, dhivehin magu furadhdhan ulhey meehunnaa medhu samaaluvumah dhivehi rayyithunnah govaalan.
Dhivehinge aqeedha akee ahluh sunnah wal jamaaathuge aqeedhaa.— Ilyas Hussain (@shkilyas) November 17, 2020
ރައީސް ނަޝީދުގެ ވާހަކަ ތަކާއި ގުޅިގެން ޝައިހު އަލީ ޒައިދު ވިދާޅުވީ ސިޔާސީ ގޮތުން ފުންނާބު އުސް ބައެއް ބޭފުޅުން ދިވެހިންގެ އަޤީދާ ހަލާކުކޮށްލުމަށް ސޫފީންގެ ކަންކަން ދިރުވުމުމަށް މިޤައުމުގައި މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ. ސޫފީ އަކީ ކީރިތި ރަސޫލާ ގެނެސްދެއްވި ސާފު އިސްލާމީ ހަމަތަކާއި އުސޫލާއި ޚިލާފު އަޤީދާއެއްކަމަށް އަލީޒައިދު ވަނީ ވިދާޅުވެފައެވެ. އަދި މިކަން ކުރަން އުޅުނަސް މިފަސް ގަނޑުގައި އެކަމެއް ނުވާނެކަމަށް ޝެއިޚު އަލީ ޒައިދު ވަނީ ވިދާޅުވެފައެވެ.
Sufism aky Nabiyya SAW genes dhehvi saafu Islamy hamathakaa usool aa fushuaraa Aqeedhaa eh! Dhivehinge saafu Ageedhaa halaaku kollumah, Sufism mithaangai fathuran siyaasee meehunge gothugai ulhuhvaa 'baeh' beyfulhun masahkai kurahvaane kameh neh! Ekameh nuvaane insha Allah!
— Ali Zaid (@alizaid1000) November 17, 2020
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާބަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމްދީނުގެ މަތިވެތި ހަމަތަކަށް ދިވެހިން ބޯލަނބަން ފާށާފައިވަނީ ސޫފި ދަންނަބޭކަލުންގެ ސުލްހަވެރި މަޑުމައިތިރި މަސައްކަތްޕުޅުންކަމަށް ވީނަމަވެސް ދިވެހިންގެ އަޤީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރާކަމަށެވެ.
Islam dheenuge mathiveri hamathakah Raajje boalabanfeshee sufi dhannabeykalunge madumaithiri sulhaveri masakkaipulhun.Ehenas Dhivehinge aqeedha badhalkuran thafathu dhannabeykalunge namugai meehun masakkaiykurey.Dhivehinge Islamee aqeedha nuguda.Raajje Islamvee dhuvahuge thahniya
— Mohamed Nasheed (@MohamedNasheed) November 17, 2020
ދިވެހިން އިސްލާމްދީނަށް ބޯލަނބަން ފަށާފައިވަނީ ސޫފި ދަންނަ ބޭކަލުންގެ މަސައްްކަތުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ. ސޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ޞޫފީންވަލީވެރިން، ތަރުޖަމާކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. ނަމަވެސް އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއްނުގަނެވޭނެއެވެ.
ކޮމެންޓު ފޮނުވާ