ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލުމުން 8 ބޭފުޅަކު ކުރިމަތި ލައިފިއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމެއް ހުސްވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އައްޔަން ކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ.
މިމަޤާމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކޮށް، 8 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ.
މިމަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ:
1. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
2. އިބްރާހީމް އިޙްސާން / އެށެވެލި، ސ.މަރަދޫ
3. އާމިނަތު އަޒްލިފާ / ގުލާބީގެ، ރ.ރަސްގެތީމު
4. މުޙައްމަދު ޢާސިރު / ހެޕީކޯނަރ، ގއ.ކަނޑުހުޅުދޫ
5. ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ.ކުރެންދޫ
6. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
7. އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ.ބިލެތްދޫ
8. ސިޔާމާ މުޙައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބޭފުޅަކު ހޯދުމަށް އިއުލާން ކުރީ އެ ކޯޓުގައި ނުނިމި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފައިވާ ވަގުތެއްގައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48300 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 30000 ރުފިޔާ އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާގެ އިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 3,300.00 ރުފިޔާއެވެ.