ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރުމުގެ، 136 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު އިންޑިއާގެ ކުންފުންޏަކަށް

ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރުމުގެ، 136 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު އިންޑިއާގެ ކުންފުންޏަކަށް

ގުޅުންހުރި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ބީލަން މަރުހަލާ ނިމި، ބީނަލް ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށް، 136 މިލިއިން ޑޮލަރަށް ސަރުކާރުން އެވޯޑް ކޮށްފިއެވެ.

މި ޕްރޮޖެކްޓް އިންޑިއާގެ ޖޭއެމްސީއަށް އެވޯޑު ކޮށްފައިވާކަން ހާމަކޮށް، އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، މި ޕްރޮޖެކްޓަކީ 2019ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމުގައެވެ. އަދި މަޝްރޫއު ނިމޭއިރު ހަނިމާދޫގައި 2.46 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވިގެން ދާއިރު، މި އެއަރޕޯޓުގައި ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމް ކުރެވިގެން ދާނޭކަމުގައެވެ.

މީގެ އިތުރުންވެސް، މި މަޝްރޫއުގެދަށުން ހަނިމާދޫ އެއަރޕޯޓު އިތުރަށް ތަރައްގީ ކުރެވިގެން ދާއިރު، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރެވޭ އެއަރބަސް އޭ320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނޭ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތަކައް ހަނިމާދޫއަށް ދަތުރު ކުރެވޭނޭ ކަމުގައިވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސީދާ ދަތުރުތައް އެސަހައްދަށް ކުރެވޭ މަގު ފަހިވެފައި ނެތުމުގެ އިތުރުން، އެސަރަހައްދަށް ފަތުރުންވެރިން ކުރާންޖެހޭ ދަތުރުފަތުރުގެ އަގު ބޮޑުވުން ކަމުގައެވެ. މިގޮތުން މިމަޝްރޫއު ނިމުމަމަށް އައުމާއެކު، މިސަރަހައްދުގައި ރިސޯޓުތަކާއި، ސިޓީ ހޮޓާތަކާއި ގެސްޓުހައުސްތައް އިތުރުވެ، ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ވަރަށްބޮޑަށް މަގުފަހުވެގެން ދާނޭކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އަދި މީގެ އިތުރުންވެސް މިމަޝްރޫއުގެ ޒަރީއާއިން ވިޔަފާރިއާއި ވަޒީފާގެ ފުރުސަތު އިންތިހާއަށް ހުޅުވި، މިވައިގެ ބަދަނރު މެދުވެރިކޮށް ރާއްޖޭގެ އުތުރަށް މުދާ އެތެރެ ކުރުމަށް ފަސޭހަވެ، މަސް ގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް، ވަކީން ޚާއްސަ ގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓުކުރާ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު މަސް އެކްސްޕޯޓު ކުރުމުގެ މަގު މިއެއަރޕޯޓުގެ ސަބަބުން ހުޅިވިގެން ދާނޭކަމުގައި ސަރުކާރުން ވިދާޅުވެފައި ވެއެވެ.

އިކޮނިމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިމަޝްރޫއު ނިމި، 2024 ވަނަ އަހަރު އެއްރޕޯޓުން ޚިދުމަތް ދެވެން ފެށޭނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ