ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ޔާމީން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރަނީ

ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ޔާމީން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރަނީ

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 12:23
0

މި ސަރުކާރުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް މިނިވަންނެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރެއްވުން  މާދަމާ ރޭ 20:30 ގައި ދިމްޔާތު ކޮންފަރެންސް 7 ވަނަ ފަންގިފިލާގައި އޮންނާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައ އުފުލި މަނީލޯންޑަރިގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓާ ހަމައިން އެ ހުކުމުން ސަލާމަތްވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މިއާއެކު އެމަނިކުފާނު ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޕީޕީއެމް އިން ބާއްވާ ބޮޑެތި ޖަލްސާތަކާއި ޕީޕީއެމް އޮފީހުގައި ބާއްވާ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕީޕީއެމް ސެނެޓުން ވަނީ 2023ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީންނަށް ދިނުމަށް ނިންމާފައެވެ. އަދި މިމަހުގެ 19ގައި ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ވޮޑަމުލާގެ ކުށުން ސަލާމްވެވެވަޑައިގެން ރައީސް ޔާމީން ހުންނެވިނަމަވެސް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.