ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް އައިސްފާނެކަމުގެ އިޝާރާތެއް އުއްތަމަ ފަނޑިޔާރު ދެއްވައިފި

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް އައިސްފާނެކަމުގެ އިޝާރާތެއް އުއްތަމަ ފަނޑިޔާރު ދެއްވައިފި

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 09:57
0

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް އައިސްފާނެކަމުގެ އިޝާރާތެއް އުއްތަމަފަނޑިޔާރު އަލްއުސްތާޒް އަޙްމަދު މުޢުތަސިމް އަދުނާން ދެއްވައިފިއެވެ.

ހައިކޯޓަށް އަލަށް އައްޔަންކުރެވުނު ދެ ފަނޑިޔާރަކު ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓިުގެ ބެންޗަށާއި، އުއްތަމަ ފަނޑިޔާރު މާޒީގައި ބަދަލުކޮށްފައިވާގޮތްތައް ތަފްސީލްކޮށްދެއްވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހާލަތު ބަދަލުވާއިރު، އެ އަންނަ ބަދަލަކާއެއްގޮތަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށެވެ.  ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިޒާމް މިހާރު ތަރުތީބުވެފައި އޮތްގޮތާއި ހާލަތު ބަދަލުވުމާ ގުޅިގެން ބަންޑާރަ ނައިބުވެސް އަދި ދައުލަތުންވެސް އަދި އެހެން އިދާރާތަކުންވެސް ބަދަލުތަކެއް ގެންނަވާކަމަށާއި، މާޒީގެ ހާލަތަށް ބަލައި ފަނޑިޔާރުގެއަށްވެސް ސްޓްރަކްޗަރަލް ބަދަލުތަކެއް އަންނަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކުރިން އޮތް ސުޕްރީމް ކޯޓުން ނޫން މިއަދު މިއޮތީކީ އަދި މާދަމާ އޮންނާނީ ކޮން ސުޕްރީމް ކޯޓެއް ކަމެއް ނުވަނަ ކޮން ކޯޓުތަކެއް ކަމެއްވެސް އަޅުގަނޑަކަށް ނޫން ދަންނަވަން އެނގޭނީ.

– އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނަކީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ވަކިވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުންނެވެ.

ނަމަވެސް މިސަރުކާރު އައިސް ސުޕްރީމް ކޯޓުގެ ބެންޗަށް ގެންނެވި ބަދަލާއެކު އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އައްޔަންކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.