އެމެރިކާއިން 99،450 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި

އެމެރިކާއިން 99،450 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި

Author
މުޙައްމަދު ޖިމީ
08 އޮގަސްޓް 2022 01:27
0

އެމެރިކާ ސަރުކާރުން ރާއްޖެއަށް 99000 ހާހަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 99450 ވެކްސިން ކަމަށެވެ. އަދި އެއީ ކޯވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ހިމެނެއެވެ.

އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
އެމެރިކާ އިން ޔަހޫދީން މުސްލިމުންނަށް ފައިދާއެއްވާނެ އެއްޗެއް ހިލޭދޭނެ ހެއްޔެވެ؟ މުއްދަތު ހަމަވީމާ ވެމްކޯއާއި ހަވާލު ކުރާށެވެ.