ނިކަމެތިންނަށް ގޯތި ދިނުމުގެ ނަމުގައި ސަރުކާރުން އުޅެނީ ވަކިބަޔަކަށް ގޯތިތައް ބަހާލަން: ޢަލީ ޙުސައިން

ނިކަމެތިންނަށް ގޯތި ދިނުމުގެ ނަމުގައި ސަރުކާރުން އުޅެނީ ވަކިބަޔަކަށް ގޯތިތައް ބަހާލަން: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
08 އޮގަސްޓް 2022 12:42
0

މާލޭގެ ނިކަމެތިންނަށް ގޯތި ދޫކުރުމުގެ ނަމުގައި ސަރުކާރުން މަސައްކަތްކުރަނީ ވަކި ބަޔަކަށް ގޯތިތައް ދިނުމަށްކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ތުހުމަތުކުރައްވައިފިއެވެ.

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ގޯތި ދޫކުރަން ނިންމުމާއި ގުޅިގެން ރާއްޖެތެރެއާއި މާލޭގެ ތަފާތުކުރުންތަކާއެކު އެތައް ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. މާލެއިން ގޯތި ދިނުމަށް މާލޭގެ ރައްޔިތުން ވަކާލާތުކުރަމުން އައިނަމަވެސް އެއީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ތަފާތުނުކުރުމާއި ސަރުކާރުން ޚިލާފުވުންކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވަނީ ޤާނޫނު އަސާސީގައި ތަފާތުނު ނުކުރުން މާއްދާއެކު ޓްވީޓްކުރައްވާފައެވެ. ޢަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީގައި އެހާ ސާފުކޮށް ސާފުކޮށް އޮތްކަމެއްގައި ސަރުކާރުން ޤާނޫނު އެއްފަރާތްކޮށް މާލޭގެ ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތިދިނުމުގެ ނަމުގައި އެ އުޅެނީ ސަރުކާރާ ގުޅުންހުރި ވަކިބަޔަކަށް އެ ގޯތިތައް ބަހާލަންކަމަށް ވިދާޅުވިއެވެ. މިކަމާ އެންމެހައި ދިވެހިން އަޑުއުފުލަންޖެހޭކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުޝަތު ސެޕްޓެމްބަރާއ ހަމައަށް ވަނީ ހުޅުވާލާފައެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.