ޤައުމު މިހާލަތަށް ދިޔަ ސަބަބު ބަލަންޖެހޭ: ޑރ.ވަހީދު

ޤައުމު މިހާލަތަށް ދިޔަ ސަބަބު ބަލަންޖެހޭ: ޑރ.ވަހީދު

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2022 01:11
0

ރާއްޖޭގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓެންޖެހުނު ސަބަބު ބަލަންޖެހޭ ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އުމުރުން 22 އަހަރުގެ އަންހެނެއްގެ ކަރާއި އަތްފައި ބުރިކޮށް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަހީދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލި މަރާލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޑރ.ވަޙީދު ވިދާޅުވީ ރޭ ޒުވާން އަންހެނަކު މާލޭގައި ޤަތުލުކޮށްލުމުން އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޚާއްޞަކޮށް އަ އަންހެންމީހާ މަރައިލި ގޮތުން ކޯފާވެ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެންމީހާއާއި އޭނާގެ އާއިލާއަށް ހެޔޮ ދުއާކުރައްވާ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

ޤައުމު މިވަގުތު އޮތީ ސިހުމުގެ ހާލަތެއްގައިކަން ފާހަގަކުރައްވައި ޑރ.ވަޙީދު ވިދާޅުވީ މިއީ ދިވެހިން ކުރިން ދަންނަ ރާއްޖެ ނޫން ކަމަށެވެ. އަދި އެމަނިކުފާނު ތުއްޕުޅުއިރު ޤަތުލުތައް ނެތް މި ރާއްޖެ މި ހިސާބަށް ދިއުމަށް މެދުވެރިވީ ކީއްވެކަން އެނގި ފަހުމުވާންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ފުވައްމުލަކު ޒުވާން އަންހެން މީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، އެވެ. އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އޭނާ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ހަޒްމަޓު ސޫޓެއް ވެސް ލައްވައިފައެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރްޖާ
އެއީ ބާގީން މިނިވަންކަންމަތީ މިގައުމުގަ އުޅޭތީ
އ އިއްބެ
އެގޮތްގޮތްކަލޭމެންބަލާކަށްމިއަދަކުނުޖެހޭކަލޭމެންބަލަންވީކޮޮންމެކަމެއްކޮށްގެންވެސްރައީސްކަންލިބޭތޯބެލުން
އ އަލިހޮއްކޮ
ކަލޭމެން ތިވާހަކަ ދައްކަން މާރީއްޗެއް ނޫނެވެ. އިސްލާމީ ޝަރީއަތް ހިންގަން ކެރުނު ހަމަ އެންމެ ވެރިޔަކު ނައެވެ. ހައްލަކީ މަރަށް މަރު ހިފުމެވެ. ވަގުންގެ އަތް ކެނޑުމެވެ. ޒިނޭއަށް ހައްދު ޖެހުމެވެ. ތިޔައީވެސް މިކަންތައް ކުރަން ފުރުސަތު ލިބުނު ވެރިއެވެ. ދެން މޮޅުވާހަކަ ދައްކާނެ ކަމެއް ނެތެވެ.
A Ak
Thibey fulaa verikamu ga afraasheem mifadha aniyaaveri ko maraali insaafu hodha dhinintho. Insaafu hodhaa hukum thafeez kurevunu miadhu mihaalatha ka nudhaane kaley men vaahaka nudhakaa .maa rayithuna heyoedhey bayaka vegen
ތ ތާޑީ
ބަލަ ކާޅޭ ކަލޭމެން ވެރިކަން ހޯދަން ބަގާވާތްކޮއް. ގެނައިބާގީ ސަރުކާރު ދަމަހައްޓަންވެގެން ގުރޫޕްތަކައް ފައިސާދީ މާރާމާރީ ހިންގުވާހަދާފަ. މިހާރު މި ކިޔަނީ ސަބަބު ބަލަން ޖެހެޔަޭ. ސަބަބަކީ ބަގާވަތް ކުރުން ވަރައްސަލާމް